އިސްލާމީ ޤައުމު ތަކުގެ ބޮޑެތި ޔުނިވަސިޓީތަކުގެ ވަފުދުތައް ޢީދު ފަހުން އެމް.އައި.ޔޫ އަށް ޒިޔާރަތް ކުރާނެކަމަށް މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރ މުޙައްމަދު ޝަހީމް އަލީ އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރ މުޙައްމަދު ޝަހީމް މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
https://twitter.com/Mohamedshaheem1/status/621285135824982017
މިކަމާ ގުޅޭގޮތުން އިތުރަށް ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިޔާއިން، މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީ އަށް ހުރިހާ ގޮތަކުންވެސް އެހީތެރިވެ ދެއްވާނެ ކަމަށެވެ.
https://twitter.com/Mohamedshaheem1/status/621284685071564800
އަދި މަދީނާގެ އިސްލާމިކް ޔުނިވަ ސިޓީގެ މުދީރު މިއަދު ފޯނުން ގުޅުއްވާފަ އެމް.އައި.ޔޫ އަށް ވަރަށް ބޮޑަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.
https://twitter.com/Mohamedshaheem1/status/621285615821152256
ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ކަމަށް މުޙައްމަދު ޝަހީމް އައްޔަން ކުރައްވާފައިވަނީ 13 ޖުލައި 2015 ވީ ހޯމަ ދުވަހުއެވެ. އަދި މިކަމާ ގުޅީގެން ޝަހީމް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ މަގަމާ ހަވާލުވެލެއްވީ ދީނާއި ދަރިވަރުންނަށްޓަކައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް