ނައިބު ރައީސްގެ މަޤާމަށް މިހާރުގެ ޓޫރިޒަމް މިނިސްޓަރ އަޙުމަދު އަދީބު އަބުދުއްޤަފޫރު ގެނައުމަށް ކުރީގެ އެމްޑީޕީގެ ނައިބު ރައީސް އަލްހާން ފަހުމީ ތާޢީދުކުރައްވައިފިއެވެ.
އަލްހާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ވީޕީގެ މަޤާމަށް އަދީބު ގެނައުމަށް ވަރަށް ތާއިދު ކުރައްވާ ކަމަށާއި މިކަމުގައި ބޭނުންވަނީ ކުރީގެ ރައީސް މައުމޫން އަބުދުއްޤައްމޫން ބޭނުންފުޅުވެވަޑައިނުގަންނަވާ ގޮތް ކަމަށެވެ.
https://twitter.com/FahmyAlhan/status/621246384939794432
އިތުރަށް އަލްހާން ވީ އަޙުމަދު އަދީބު ނައިބު ރައީސްގެ މަޤާމަށް ގެނައުމަށް ތާޢީދުކުރަނީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ދޫކޮށްލާ މަތިން ކަމަށެވެ.
https://twitter.com/FahmyAlhan/status/621247738550730752
އަލްހާން ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީއިން ވެސް އަޙުމަދު އަދީބު ނައިބު ރައީސްގެ މަގާމަށް ގެނައުމަށް އެއްބަސްވެފައިވާ ކަމަށެވެ.
ނައިބު ރައީސްކަން އަދީބަށް ދިނުމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދެކޮޅު ހައްދަވާކަމަށްބުނެ މީޑިއާގައި ހަބަރު ފެތުރިގައިވާއިރު، ނައިބުކަން ދެއްވާނީ ރައީސް ކަމަށާއި އެހެންމީހަކު އެއްޗެއް ބުނުމުގެ ޖާގައެއް ނޯންނާނެކަމަށް ކަމަށް މައުމޫން ވިދާޅުވެފައިވެއެވެ. އަދި އެއްވެސް ބޭފުޅަކަށް ނައިބު ރައީސްކަން ދެއްވުން އެދި ނުވަތަ ނުދެއްވުން އެދި ރައީސަށް އެސްއެމްއެސް ކޮށްފައި ނުވާނެ ކަމަށް ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް