1436 ވަނަ އަހަރުގެ ފިޠުރު ޢީދުގެ އުފަލުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބާއްވަވާ ޚާއްސަ ކުޑަކުދިންގެ ހަވީރެއް، ފިޠުރު ޢީދު ދުވަހު ހަވީރު 16:00 ގައި ސަލްޓަން ޕާރކުގައި ބޭއްވުމައް ނިންމަވައިފިއެވެ.
ރައީސް އޮފީހުން އަޢުލޫމާތު ދެއްވާ ގޮތުގައި މި ޚާއްސަ ކުޑަކުދިންގެ ހަވީރުގައި ވީހާވެސް ގިނަ ޢަދަދެއްގެ ތުއްތު ކުދިންނާއި ބެލެނިވެރިން ބައިވެރިވެވަޑައިގެން ދެއްވުމަކީ އެންމެ އެދެވިގެންވާ ކަމެއްކަމަށާއި، މުޖުތަމަޢުގެ ޙާއްސަ އެހީއަށް ބޭނުންވާ އެންމެހާ ތުއްތު ކުދިންވެސް މިހަވީރުގައި ބައިވެރިކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނައް ލިބިވަޑައިގަންނަވާ ނުހަނު މަތިވެރި އުފާފުޅެއް ކަމުގައިވެސް ރާއީސް އޮފީހުން ހާމަކުރެއްވިއެވެ.
މި ޚާއްސަ ކުޑަކުދިންގެ ހަވީރުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ތުއްތު ކުދިންނާއި އެކުދިންގެ ޢާއިލާތަކާއެކު ވަގުތު ހޭދަކޮށްލުމަށް ހަމަޖެހިފައިވާ ކަމަށްވެސް ރާއީސް އޮފީހުން ހާމަކުރައްވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް