ގިނަ އަދަދެއްގެ މެރުއާނާ ފަތްތަކަކާއެކު ހުޅުމާލެއިން 04 ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ބަނގުލަދޭޝްގެ 04 މީހެކެވެ.
ފުލުހުން ހާމަކުރެއްވި ގޮތުގައި ހުޅުމާލެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވި ފުލުހުންނަށް އެމީހުންގެ ޢަމަލުތައް ހުރި ގޮތުން ތުޙުމަތު ކުރެވިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ރޭ ދަންވަރު 00:30 ހާއިރު ހުޅުމާލޭ ސިނާއީ ސަރަޙައްދުންކަމަށެވެ.
މި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެމީހުން ތިބި ސަރަޙައްދު ބަލައިފާސްކުރިއިރު ބިޔަރު 05 ދަޅު ވަނީ ފެނިފައިވާ ކަމަށާއި، މީގެ އިތުރުން އެ މީހުން ދިރިއުޅޭ ތަން ބަލައިފަސްކުރި އިރު މެރުއާނާ ފަތް އަޅާފައިވާ 41 ކަރުދާސް ކޮޅާއި މެރުއާނާ ފަތް އަޅާފައިވާ ބޮޑު ކޮތަޅެއްގެ އިތުރުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 04 ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް