މަސްތުވާތަކެތީގެ މައްސަލައެއްގައި ގދ.ރަތަފަންދޫއިން މީހަކު ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފި

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 07 ސެލޯފިންކޮޅާ އެކު ގދ. ރަތަފަންދޫއިން މީހަކު ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފިއެވެ. މި މައްސަލާގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ ޢުމުރުން...

15 Jul 2015 | 05:54

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 07 ސެލޯފިންކޮޅާ އެކު ގދ. ރަތަފަންދޫއިން މީހަކު ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފިއެވެ.

މި މައްސަލާގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ ޢުމުރުން 23 ޢަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި މި މިހާ ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ ގދ. ތިނަދޫއިން ގދ. ރަތަފަންދޫއަށް ގދ. އަތޮޅުގައި ދުއްވާ ޕްރޮވިންސް ފެރީން ބަޔަކު މަސްތުވާތަކެތި ގެންނަކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ރަތަފަންދޫ  ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި  2015 ޖުލައި 14 ވަނަ ދުވަހުގެ 15:55 ހާއިރުކަމަށެވެ.

މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 07 އިތުރަށް ފުލުހުން ހާމަކުރެއްވި ގޮތުގައި ސެލޯފިން ކޮޅު ފެނިފައިވަނީ އޭނާ ފެރީން ފޭބުމާއެކު ފުލުހުންގެ ބެލުމުގެދަށަށް ގެނެސް ބަލައި ފާސްކުރުމުގެ ތެރޭގައި އޭނާގެ އަނގައިގެތެރެއިން ވައްޓާލި ރަބަރު ޕެކެޓެއްގެ ތެރެއިންކަމަށާއި، މިމައްސަލައާ ގުޅިގެން ފުލުހުން ބެލުމުގެ ދަށަށް ގެނެވުނު މީހާ އަކީ ޖިނާއީ ތަފާތު މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެެއް ކަމަށެވެ.

މި މައްސަލަ ގދ.ރަތަފަންދޫ ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަހުޤީގު ކުރަމުން ކަމަށްވެސް ފުލުހުން ހާމަކުރައްވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް