މިއަދު ހެނދުނު ފުވައްމުލަކު ހޮސްޕިޓަލުގައި ދުވަސް ނުފުރާ ވިހޭ ކުއްޖަކު އައިޖީއެމް ހޮސްޕިޓަލަށް ގެނެސް ފަރުވާ ދޭން ފަށައިފި އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފުވައްލަކު ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ފަރުޒާދު ވިދާޅުވީ ދުވަސް ނުފުރާ ހޮސްޕިޓަލުގައި ކުއްޖަކު ވިހާފައިވަނީ މިއަދު ހެނދުނު 7:00 ހާއިރު ކަމަށެވެ. ވިހެއި އިރު ބަރުދަނުގައި ހުރީ 1.5 ކިލޯ ކަމަށާއި ކުއްޖާގެ ހޮސްޕިޓަލްގައި ކުއްޖަ މެނޭޖްކުރަން އުނދަގޫވުމުން މިރޭ ފްލައިޓަކުން އައިޖީއެމް ހޮސްޕިޓަލަށް ފޮނުވާލާފައިވާކަމަށްވެސް ފަރުޒާދު ވިދާޅުވި އެވެ.
ބައެއް ނޫސްތަކުގައި، އަންހެން މީހާ ވިހެއީ ޑޮކްޓަރަކު ނެތް ވަގުތެއްގައި ހޮސްޕިޓަލަށް ދިޔަތާ މާ ގިނައިރެއް ނުވެ މަޑުކޮށްގެން ހުއްޓާކަމަށް ލިޔެފައިވާއިރު މިކަމަށް ޖަވާބު ދެއްވަމުން ފަރުޒާދު ވިދާޅުވީ އެ އަންހެންމީހާ ހޮސްޕިޓަލްގައި އެޑްމިޓްވީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. އަދި ވިހެއީ ލޭބާ ރޫމްގައި ނަރުހުން ތިބި ވަގުތެއްގައި ކަމަށްވެސް ފަރުޒާދު ވިދާޅުވި އެވެ.
"ރޭގަވެސް ޑޮކްޓަރު އުޅުނު، އެހެންނަމަވެސް ޑޮކްޓަރު ގެއަށް ދިޔަ ވަގުތު މި ވިހެއީ، އޭގެ ކުރިން ސީރިއަސް އެއްވެސް ނޫން، މާ ބޮޑަށް ރިއްސާތީކީވެސް ނޫޅޭ، ފަހުން ޑޮކްޓަރު އައީ، ދުވަސް ނުފުރާ ވިހެއީމަ ކުއްޖާގެ ހާލު ސީރިއަސް، އެހެންވެ މާލެ ފޮނުވާލަން ޖެހުނީ" ފަރުޒާދު ވިދާޅުވި އެވެ.
ފަރުޒާދު އިތުރަށް ވިދާޅުވީ މި މައްސަލައިގާ އާއިލާގެ ފަރާތުންވެސް ޝަކުވާއެއް ނުކުރާ ކަމަށާއި ވަރަށް ގާތުން ކުއްޖާއާއި މަންމަގެ ހާލު ބަލަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް