އިސްރާއީލާއި އީރާނުން އެއްބަޔަކު އަނެއްބަޔަކަށް ދެމުން ގެންދާ ހަމަލާތައް އާދީއްތަ ދުވަހު ވެސް ކުރިއަށް ގެންގޮސްފިއެވެ. މިއީ ވިދިވިދިގެން ހަމަލާ ބަދަލުކުރި ތިންވަނަ ދުވަހެވެ. ހަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒުކުރަމުން ދަނީ ޤުދުސް، ޓެލް އަވީވް އަދި ތެހުރާނަށެވެ. އުތުރު އިސްރާއީލުގެ ތަމްރާގައި ހުރި ގެއަކަށް އީރާނުގެ މިސައިލެއް އަމާޒުވެ، ތިން މީހަކު ވަނީ މަރުވެފައެވެ.
އިސްރާއީލުން ވަނީ ހަމަލާތައް ފުޅާކޮށް، އީރާނުގެ ދިފާއީ މިނިސްޓްރީއާއި ސައުތު ޕާރސް ގޭސް ފީލްޑަށް އަމާޒުކޮށްފައެވެ. އީރާނުން މިއަށް ރައްދު ދިނީ އިސްރާއީލުގެ ހަކަތައިގެ ތަންތަނަށް ހަމަލާދީ، އިތުރު ބޮޑެތި ހަމަލާތައް ދޭނެކަމުގެ އިންޒާރު ދީގެންނެވެ.
އީރާނުން ބުނާ ގޮތުގައި ހަމަލާތައް ފެށުނީއްސުރެ 130 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. މީގެ ތެރޭގައި 29 ކުދިން ހިމެނެއެވެ. ހަނގުރާމައިގެ ސަބަބުން އޮމާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ އީރާނުގެ ނިއުކްލިއަރ މަޝްވަރާތައް ވަނީ ކެންސަލްވެފައެވެ. އަދި އެމެރިކާގެ ރައީސް ޓްރަމްޕް ބުނެފައިވަނީ އީރާނުން އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް މަޑުޖައްސާލައިފިނަމަ، ހަނގުރާމަ މަޑުޖައްސާލުމަށެވެ.
ހަނގުރާމައިގައި މަރުވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު، ހަކަތައިގެ ވަސީލަތްތަކަށް ހަމަލާ ދެމުންދާތީ، މެދުއިރުމަތީގައި މިއަށްވުރެ ފުޅާ ހަނގުރާމައެއް ފެށުމުގެ ބިރުވެރިކަން އިތުރުވެގެން ގޮސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް