މާލޭގައި މިރޭ މާރާމާރީއެއް ހިންގައިފިއެވެ.
ފުލުހުން ދެންމެ ބުނީ ދަރުބާރުގެ ކައިރީގައި މާރާމާރީއެއް ހިންގައިގެން އުޅޭކަމަށް މިރޭ 10:30 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށާއި އަނިޔާވި މީހާއަށް ސެނަހިޔާ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ.
"ހާލު ސީރިއަސްއެއް ނޫންކަމަށް ހޮސްޕިޓަލުން ބުނޭ" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނީ މި މައްސަލައާއި ގުޅިގެން ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް