ތެލަންގާނާ ޙައްޖުވެރިން މިނާގައި ކާނެ ބޯނެ އެއްޗެއް ނުލިބި މަގުމަތި !

އިންޑިއާގެ ތެލަންގާނާ ސްޓޭޓުން ޙައްޖުގެ އަޅުކަން އަދާކުރަން ދިޔަ ޙައްޖުވެރިން މިނާގައި މަގުމަތިކުރިކަމުގެ ޝަކުވާ އާއި ކަންބޮޑުވުން ބައެއް ޙައްޖުވެރިން ފާޅުކޮށްފިއެވެ. އެގޮތުން މީސްމީޑިއާގެ ބައެއް މަން...

15 Jun 2024 | 18:46

އިންޑިއާގެ ތެލަންގާނާ ސްޓޭޓުން ޙައްޖުގެ އަޅުކަން އަދާކުރަން ދިޔަ ޙައްޖުވެރިން މިނާގައި މަގުމަތިކުރިކަމުގެ ޝަކުވާ އާއި ކަންބޮޑުވުން ބައެއް ޙައްޖުވެރިން ފާޅުކޮށްފިއެވެ.

އެގޮތުން މީސްމީޑިއާގެ ބައެއް މަންސަތަކަށް ވީޑިއޯ ހިއްސާކޮށްފައިވާ ބައެއް ޙައްޖުވެރިން ބުނެފައިވަނީ އެ ޙައްޖުވެރިންނަށް ޖެހުނީ ސަލާންޖަހާ މީހަކަށްވެސް ނުޖެހޭފަދަ ދަތި ޙާލެއް ކަމަށެވެ.

"ކާކަށް ނުލިބޭ، އޮށޯވެލާނެ ތަންކޮޅެއް ނުލިބުނުތާނގައި ބައެއް ޙައްޖުވެރިންނަށް އިށީނދެލާނެ ތަންކޮޅެއްވެސް ނުލިބުނު، މިތާކު އިންޑިއާ ޙައްޖު މިޝަންގެ މީހަކު ހުރީކީވެސް ނޫން" ތެލަންގާނާ ޙައްޖުރިއަކު މީސްމީޑިއާއަށް ދޫކޮށްލި ވީޑިއޯއެއްގައި ބުނެފައިވެއެވެ.

މިކަމުގައި އިންޑިއާގެ ޙައްޖު ކޮމިޓީން އެއްޗެއް ބުނެފައެއް ނުވެއެވެ.

https://www.instagram.com/indtodaynews/reel/C8OsPdGBQrb/

މި އަހަރު އިންޑިއާއިން 175،000 މުސްލިމުން ޙައްޖުގެ އަޅުކަން އަދާކުރުމަށް ގޮސްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް