މާލޭގައި ފާހަގަކުރާ އެންސީއޭ – ބޮޑު ޢީދުގެ މެއިން ޕާޓްނަރަކަށް އުރީދޫ

ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް އިން މާލޭގައި ކުލަގަދަކޮށް ފާހަގަކުރަން ތައްޔާރުވަމުން އަންނަ އެންސީއޭ – ބޮޑު ޢީދުގެ މެއިން ޕާޓްނަރގެ ގޮތުގައި އުރީދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ. މިކަމާއި ގުޅޭގޮތުން ...

15 Jun 2024 | 18:20

ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް އިން މާލޭގައި ކުލަގަދަކޮށް ފާހަގަކުރަން ތައްޔާރުވަމުން އަންނަ އެންސީއޭ – ބޮޑު ޢީދުގެ މެއިން ޕާޓްނަރގެ ގޮތުގައި އުރީދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ.

މިކަމާއި ގުޅޭގޮތުން އުރީދޫއިން ބުނެފައިވަނީ މި ޢީދަކީ މާލެއަށް އުފާވެރި ހަނދާންތަކެއް ގެނުވަދޭނެ ކުލަގަދަ ޢީދަކަށް ވެގެންދާނެ ކަމަށެވެ.

މި ޢީދަށް އެންސީއޭއިން ވަނީ މާލޭގައި ގިނަ ހަރަކާތްތަކެއް ރާވާފައެވެ. އެގޮތުން މާދަމާގެ ހެނދުނު 08:00ގައި އާޓިފިޝަލް ބީޗާއި ބޮޑުތަކުރުފާނުމަގު ސްޓޭޑިއަމް ފުރަގަސް ސަރަހައްދުގައި ޢީދު ސައި ރާވާފައިވާއިރު ހަވީރު 04:00ގައި ދެލިމާލި ނެރުމާއި ކޯޑިކެނޑުމާއި ލަނގިރީގެ ޙަރަކާތް ރަސްފަންނު ވެލިގަނޑުގައި ރާވާފައިވެއެވެ.

ހަމަ އެހެންމެ ހަމަ އެ ގަޑީގައި ސޯސަންމަގާއި މަޖީދީމަގު ގުލޭ ކަންމަތީގައި ދަފިގެނުން ރާވާފައިވާއިރު ބޮޑުތަކުރުފާނުމަގު ކޭކޭ ހުޅަނގު ގޭޓާއި ދިމާގައި ބޮޑު ޙަރަކާތެއް ރާވާފައިވެއެވެ.

ހަމަ އެގަޑީގައި ސްޓެލްކޯ ފުރަގަހުގައި ބޮޑުމަސް ނެރުން ރާވާފައިވާއިރު ހަމަ އެގަޑީގައި އޮލިމްޕަސް ކުރިމަތީގައި އާޓިސްޓުންގެ ޕެއިންޓިންގ ޙަރަކާތެއް ރާވާފައިވެއެވެ.

މީގެ އިތުރުން މާދަމާ ރޭ 09:00ގައި ސޯޝަލް ސެންޓަރު ސަރަހައްދުގައި ފަންނާނުންގެ ސްޓޭޖްޝޯއެއް ރާވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް