އެމެޖެންސީ ހާލަތްތަކުގައި، ޢީދުު ބަންދުގައިވެސް އައިޑީ ކާޑު ލިބޭނެ: ޑީއެންއާރް

އެމެންޖެންސީ ހާލަތް ތަކުގައި، ޢީދު ބަންދު ތެރޭގައިވެސް އައިޑީކާޑު ލިބޭނެ ކަމަށް ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރުން) ހާމަކޮށްފިއެވެ. ޑީއެންއާރުން ބުނީ، ޑީއެންއާރުގެ ހޮޓްލައިން މެދު...

15 Jun 2024 | 11:18

އެމެންޖެންސީ ހާލަތް ތަކުގައި، ޢީދު ބަންދު ތެރޭގައިވެސް އައިޑީކާޑު ލިބޭނެ ކަމަށް ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރުން) ހާމަކޮށްފިއެވެ.

ޑީއެންއާރުން ބުނީ، ޑީއެންއާރުގެ ހޮޓްލައިން މެދުވެރިކޮށް އެމަޖެންސީ ހާލަތްތަކުގައި އައިޑީ ކާޑު ލިބޭނެ ކަމަށެވެ.

ޢީދު ބަންދާއި ގުޅިގެން ސަރުކާރުގެ ގިނަ އޮފީސް ތައް ބަންދު ނަމަވެސް އިމަޖެންސީ ހާލަތް ތަކުގައި ޑީއެންއާރުގެ ހޮޓްލައިން ،7290368 ނަންބަރު މެދުވެރިކޮށް އައިޑީކާޑު ލިބޭނެ ކަމަށެވެ.

ސަރުކާރުން ވަނީ ޢީދު ބަންދާއި ގުޅިގެން ހަފްތާއެއް ހާ ދުވަސް ސަރުކާރު ބަންދު ދުވަސްތައް ގޮތުގައި ކަނޑައަޅުއްވާފައެވެ. މިގޮތުން އަންނަ ހަފްތާ އެއް ކޮށް ސަރުކާރު ބަންދު ދުވަތަކެއް ގޮތުގައި ވަނީ ނިންމަވާފައެވެ.

މި އަހަރުގެ ބޮޑު ޢީދު ދުވަހަކީ މާދަމާ ، ޖޫން 16 ވާ އާދިއްތަ ދުވަހެވެ. ހައްޖު ދުވަހާއި ޢީދު ދުވަހާއި ގުޅިގެން ޖޫން މަހު 16 އިން ފެށިގެން ޖޫން 22 އާއި ހަމައަށް ސަރުކާރު ބަންދެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް