ޢީދަށް ޓިކެޓު ނުލިބުމުން ދެ ދިވެއްސަކު ލަންކާ މަގުން އައްޑުއަށް

މި ޢީދަށް މޯލްޑިވިއަންގެ ޓިކެޓު ނުލިބުމުން ދެ ދިވެއްސަކު ލަންކާ މަގުން އައްޑުއަށް ދަތުރުކޮށްފިއެވެ. މިކަން ހާމަކޮށް އިނަރ މޯލްޑިވްސްގެ ވެރިޔާ އަދި ވިޔަފާރިވެރިޔާ މުޙައްމަދު ފިރާޤު ބުނެފައިވަނީ އެ ދަތު...

15 Jun 2024 | 09:46

މި ޢީދަށް މޯލްޑިވިއަންގެ ޓިކެޓު ނުލިބުމުން ދެ ދިވެއްސަކު ލަންކާ މަގުން އައްޑުއަށް ދަތުރުކޮށްފިއެވެ.

މިކަން ހާމަކޮށް އިނަރ މޯލްޑިވްސްގެ ވެރިޔާ އަދި ވިޔަފާރިވެރިޔާ މުޙައްމަދު ފިރާޤު ބުނެފައިވަނީ އެ ދަތުރުކުރީ އޭނާގެ ދެ ރަޙްމަތްތެރިން ކަމަށާއި އެ ދެ ރަޚްމަތްތެރިން ޓިކެޓު ނަގާފައިވަނީ މާލެ-ކޮލޮމްބޯ-އައްޑޫސިޓީ އަށް ކަމަށެވެ.

ސްރީ ލަންކަން އެއާލައިނުން އައްޑޫ ސިޓީއަށް ހަފްތާއަކު ދެ ފްލައިޓް ދަތުރު ކުރެއެވެ.

އެ ކުރީ އަގުބޮޑު އަދި ތަފާތު ދަތުރެއްކަމަށްވެސް ފިރާޤު ބުނެފައިވެއެވެ.

މިފަދަ ގޮތަކަށް ޢީދަށް ދެ ދިވެއްސަކު އައްޑޫ ސިޓީއަށް ދަތުރުކޮށްފައިވާއިރު ޢީދާއި ދިމާކޮށް މޯލްޑިވިއަންއިން ފްލައިޓް ދަތުރުތައް އިތުރުކުރިނަމަވެސް ގިނަ ޓިކެޓު ލިބުމުގައި ދަތިތަކާ އަންނަނީ ދިމާވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް