ޙައްޖުގެ މަތިވެރި އަޅުކަން ކުރުމަށް ގޮސް އުޅޭ ޙައްޖާޖީންގެ ޚިދުމަތަށް ބައްޕަގެ ފަހަތުން ދަރިފުޅުވެސް މައިދާނަށް ނިކުމެއްޖެއެވެ.
ޙައްޖުގެ އަޅުކަމުގެ ތެރެއިން ގްރޫޕްތަކާއި ވަކިވެ ގެއްލޭ ޙައްޖާޖީންނަށް އެހީ ވުމުގެ ގޮތުން ސައުދީގެ ސްކައުޓް ކޭންޕްއިން އިސްނަގައިގެން މައިދާނުގައި ކޮންމެ އަހަރަކުވެސް ހައްޖާޖީންނަށް އެހީތެރިވުމުގެ ގޮތުން ހަރަކާތްތެރިވެއެވެ.
ޒުވާން ކުދިން އެކުލެވޭ މި ސްކައުޓް ކޭންޕްއިން ކުރައްވާ ނަމޫނާ މަސައްކަތަކީ ޒުވާން ޖީލަށް ރިވެތި ނަމޫނާ އަކާއި ފަޚުރެކެވެ.
ސްކައުޓް ކޭންޕްގެ ލީޑަރ އަލް ދުސްރީ ބުނެފައިވަނީ، އެ މައިދާނުގައި ހަރަކާތްތެރިވާ ހުރިހާ ކުދިންވެސް ޒުވާން ޖީލަށް ދައްކުވައިދެނީ ރިވެތި ނަމޫނާއެއް ކަމަށެވެ.
އަދި ޒުވާން ކުދިން މި މަސައްކަތުގައި ހަރަކާތްތެރިވުމަކީ ލިބޭ އުފަލެއް ކަމަށެވެ.
އަލް ދުސްރީގެ ދަރިފުޅު އަބްދުއްރަހްމާން،ސްކައުޓް ކޭންޕްއިން ދަސްވެނިވެ، ޙައްޖާޖީންގެ ޙިދުމަތުގައި ބައްޕަގެ ފަހަތުން މައިދާނަށް ނިކުމެ ޙައްޖާޖީންނަށް ދަނީ އަގުހުރި ޚިދުމަތްތަކެއް ކޮށްދެމުންނެވެ.
މި ދެބަފައިން ބުނަނީ، ޙައްޖާޖީންނަށް ޚިދުމަތް ކޮށްދިނުމަކީ ލިބޭ ފަޙުރެއް އަދި އުފަލެއް ކަމަށެވެ.
މި ސްކައުޓް ކޭންޕުން ހައްޖާޖީންނަށް އެހީތެރިވުމަށް ޒަމާނީ ފެންވަރުގެ ވަސީލަތްތަށް ބޭނުންކުރެއެވެ. މިގޮތުން ޑިޖިޓަލް މެޕްއަކާއި އިލެކްޓްރޯނިކް އާލާތްތަށް ބޭނުންކުރެއެވެ.އަދި ހައްޖާޖީންނާއި މުހާތަބު ކުރުމަށް ހާއްސަ ޓްރޭނިންގ ތަކެއްވެސް މައިދާނަށް ނިކުތުމުގެ ކުރިން ހަދައެވެ. މިއީ ހައްޖާޖީންނަށް ދޭ ޚިދުމަތަކީ ފުރިހަމަ ޚިދުމަތތަކަކަށް ހެދުމަށް މި ޓީމުން ކުރާ ބުރަ މަސައްކަތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް