މާފުށީ ބެރުގައި އޮތް ސަފާރީއަކުން ގިނަ އަދަދެއްގެ ބަނގުރާ ހޯދައި، 62 އަަހަރުގެ ދިވެއްސަކު ހައްޔަރުކޮށްފި

މާފުށި ބޭރުގައި އޮތް ސަފާރީއެއް ބަލާ ފާސްކޮށް ގިނަ އަދަދެއްގެ ބަނގުރާ ހޯދާއި މީހަކު ހައްޔަރުކޮށްފިއެެވެ. ފުލުހުން ބުނީ، މާފުށި ބޭރިގައި އޮތް ސަފާރީއިން ހުއްދަނެތި ބަނގުރާ ވިއްކާ ކަމުގެ މައުލޫމާތު ފުލު...

15 Jun 2024 | 08:10

މާފުށި ބޭރުގައި އޮތް ސަފާރީއެއް ބަލާ ފާސްކޮށް ގިނަ އަދަދެއްގެ ބަނގުރާ ހޯދާއި މީހަކު ހައްޔަރުކޮށްފިއެެވެ.

ފުލުހުން ބުނީ، މާފުށި ބޭރިގައި އޮތް ސަފާރީއިން ހުއްދަނެތި ބަނގުރާ ވިއްކާ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުމުން ، ރޭ އެ ސަފާރީ ބަލާއި ފާސްކުރުމުގެ ތެރެއިން ގިނަ އަދަދެއްގެ ބަނގުރާ އެ ސަފާރީން ފެނިފައި ވާ ކަމަށެވެ.މިގޮތުން އެ ސަފާރީން200 އަށްވުރެން ގިނަ ބަނގުރާ ފުޅިއާއި ދަޅު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނ ީ62 އަަހަރުގެ ދިވެހި ފިރެހެނެކެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ މާފުށި ޕޮލިސް ސްޓޭޝަން، ޑްރަގް އެންފޯސްމެންޓް، މެރިން ޕޮލިސް އަދި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެންނެވެ.

މި މައްސަލައާއި ގޫޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް