ދެ ދުވަހުގެ ތެރޭގައި، ހަތަރު ފުރޮޅުލީ 163 ވެހިކަލެއް ޓޯ ކޮށްފި

ދެ ދުވަހުގެ ތެރޭގައި، ހަތަރު ފުރޮޅުލީ 163 ވެހިކަލެއް މާލެއިން ޓޯ ކޮށްފިއެވެ. ފުލުހުން ބުނެފައިވަނީ އެ 163 ވެހިކަލް ޓޯ ކޮށްފައިވަނީ އާއްމު ދަތުރު ފަތުރަށް ދަތިވާގޮތަށް ޕާކުކޮށްފައިވާތީކަމަށެވެ. އެގޮތުނ...

15 Jun 2024 | 06:53

ދެ ދުވަހުގެ ތެރޭގައި، ހަތަރު ފުރޮޅުލީ 163 ވެހިކަލެއް މާލެއިން ޓޯ ކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ އެ 163 ވެހިކަލް ޓޯ ކޮށްފައިވަނީ އާއްމު ދަތުރު ފަތުރަށް ދަތިވާގޮތަށް ޕާކުކޮށްފައިވާތީކަމަށެވެ.

އެގޮތުން ބޮޑުތަކުރުފާނު މަގު ކަޅުތުއްކަލާ ކޮށްޓާ ހިސާބުން ފެށިގެން ފަތާ ޓްރެކާއި ހަމައަށް ހިމެނޭ ސަރަހައްދުން 84 އުޅަނދެއް ޓޯ ކޮށްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

އަމީނީ މަގު ދަރުބާރުގެއާ ހިސާބުން ފެށިގެން ބޮޑުތަކުރުފާނުމަގު އައިއެމްއެޗްއާއި ހަމައަށް އަދި ބޮޑުތަކުރުފާނު މަގު ސެނަހިޔާ އާ ހިސާބުން ފެށިގެން މާގިރި ހޮޓަލާއި ހަމައަށް ހިމެނޭގޮތުން އަދި އިއްޒުއްދީނު މަގު ބަސް ސްޓޮޕް ކައިރިވެސް ހުސްކޮށް 79 އުޅަނދެއްވެސް ޓޮކޮށްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ އާއްމު ދަތުރުފަތުރަށް ދަތިވާގޮތަށް އެއްގަމު އުޅަނދު ޕާކު ނުކުރުމަށް ފުލުހުން އެދޭކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް