މިނާއިން ރޭގައި ފެށި ދަތުރަށްފަހު ދިވެހި އެންމެހާ ޙައްޖުވެރިން އަރަފާތު ބިމަށް ގޮސްފިއެވެ.
މޯލްޑިވްސް ޙައްޖު މިޝަނުން ބުނެފައިވަނީ ދިވެހި ހުރިހާ ޙައްޖުވެރިން މިވަގުތު އަރަފާތު ބިމުގައި ތިބިއިރު ހުރިހާ ޙައްޖުވެރިންގެ ޙާލުވެސް އާންމުގޮތެއްގައި ރަނގަޅު ކަމަށެވެ.
މިނާގެ ޓެންޓުތަކުން އަރަފާތު ބިމަށް ދިވެހި ޙައްޖުވެރިން ދަތުރުފެށީ ސަޢޫދީ އަރަބިއްޔާ ގަޑިން ރޭ 11:30 އަދި ރާއްޖޭ ގަޑިން ރޭ 2:30 ހާއިރުގައެވެ.
މި އަހަރު ރާއްޖެއިން ޙައްޖަށް ގޮސްފައިވަނީ 1150 ޙައްޖުވެރިންނެވެ. ހުރިހާ ޙައްޖުވެރިންވެސް ޙައްޖުގެ އަޅުކަމަށް ދިޔައީ ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް