ދިވެހި ޙައްޖުވެރިން އަރަފާތު ބިމަށް ދަތުރު ފަށައިފި

މި އަހަރު ޙައްޖުގެ އަޅުކަން އަދާކުރަމުންދާ ދިވެހި ޙައްޖުވެރިން އަރަފާތު ބިމަށް ދަތުރު ފަށައިފިއެވެ. ދިވެހި ޙައްޖު މިޝަންގެ ޑިރެކްޓަރ ޑެޕިއުޓީ މިނިސްޓަރ އަލްއުސްތާޛް އުސާމް މުޙައްމަދު ސަޢީދު ވިދާޅުވީ ޙ...

14 Jun 2024 | 21:37

މި އަހަރު ޙައްޖުގެ އަޅުކަން އަދާކުރަމުންދާ ދިވެހި ޙައްޖުވެރިން އަރަފާތު ބިމަށް ދަތުރު ފަށައިފިއެވެ.

ދިވެހި ޙައްޖު މިޝަންގެ ޑިރެކްޓަރ ޑެޕިއުޓީ މިނިސްޓަރ އަލްއުސްތާޛް އުސާމް މުޙައްމަދު ސަޢީދު ވިދާޅުވީ ޙައްޖުވެރިން ދަތުރު ފަށާފައިވަނީ 24 ބަހެއްގައި ކަމަށާއި އުންމީދަކީ އެއްވެސް ދަތިކަމެއްނެތި ވަގުތަށް އަރަފާތު ބިމަށް ފޯރުން ކަމަށެވެ.

ދިވެހި ޙައްޖު މިޝަނުން ބުނެފައިވާގޮތުގައި އަރަފާތު ބިމަށް ދަތުރުފަށާފައިވާއިރު ދިވެހި އެންމެހާ ޙައްޖުވެރިންގެ ޙާލުވެސް އާއްމުގޮތެއްގައި ރަނގަޅެވެ.

ދިވެހި ޙައްޖުވެރިން އަރަފާތު ބިމަށް ދަތުރުފަށާފައިމިވަނީ ސަޢޫދީ އަރަބިއްޔާ ގަޑިން 11:30، ރާއްޖޭގަޑިން 2:30 ހާއިރުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް