އއ. ރަސްދޫގެ އިތުރުވަމުންދާ ފެނުގެ ޑިމާންޑަށް ކޭޓާ ކުރުމަށާއި ރަސްދޫގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު ފުރިހަމަ ހިދުމަތެއް ދިނުމަށްޓަކައި، އެރަށުގައި އިތުރު 100 ޓަނުގެ އާރު.އޯ ޕްލާންޓެއް ސްޓެލްކޯއިން ބަހައްޓައިފިއެވެ.
މި ޕްލާންޓަކީ ސްޓެލްކޯގެ މުވައްޒަފުން އޭގެ ކޮމިޝަނިން ހުރިހާ މަސައްކަތެއްކޮށް އޮޕަރޭޝަނަށް ގެނައި ފުރަތަމަ ޕްލާންޓްކަން ސްޓެލްކޯ އިން ފާހަގަކުރެއެވެ. އެހެންކަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވަނީ މި މަސައްކަތުގައި އުޅުއްވި ސްޓެލްކޯގެ ވޯޓާރ، ސުވަރޭޖް އެންޑް ވޭސްޓް މެނޭޖްމަންޓު ޑިޕާޓްމަންޓުގެ މުވައްޒަފުންނާއި ބައްދަލުކުރައްވާ އެ މުވައްޒަފުން ކުރެއްވި މަސައްކަތަށް ތަރުހީބު ދެއްވާފައެވެ.
ސްޓެލްކޯ އިން އަލަށް އެފަދަ ކަމެއް ކޮށް، އެ ހޯއްދެވި ކާމިޔާބީއަށް އެމްޑީވަނީ އެ މުވައްޒަފުންނަށް ޝުކުރާއި، މަރުހަބާ ދަންނަވާފައިކަމަށް ސްޓެލްކޯ އިން ބުނެއެވެ.
މި ޕްލާންޓާއެކު، ރަސްދޫގެ ފެން އުފެއްދުމުގެ ޖުމްލަ ކެޕޭސިޓީ 160 ޓަނަށް ވަނީ އިތުރު ކުރެވިގެން ގޮސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް