މޯލްޑިވްސް ލިވިންގ އެކްސްޕޯގެ 11 ވަނަ އެޑިޝަންގެ ޓައިޓަލް ސްޕޮންސަރ ކަމަށް ހައިރައިސް އިންޓަނޭޝަނަލް އާއި، އަރބަންކޯއިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިފަހަރުގެ ލިވިންގ އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައި ވަނީ އޯގަސްޓް 10 ވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.
ހައިރައިޒް އިންޓަނޭޝަނަލް އިން 2013 ވަނަ އަހަރު ފެށި މޯލްޑިވްސް ލިވިން އެކްސްޕޯއަކީ ބޯހިޔާވަކިކަމާއި، ދިރިއުޅުމުގެ ވައްޓަފާޅި ދައްކުވައިދޭގޮތަށް ރާއްޖޭގައި ބާއްވަ މިފަދަ ހަމައެކަނި ހަރަކާތެވެ.
އަރބަންކޯއިން ބުނި ގޮތުގައި މިއަހަރުގެ ލިވިންގ އެކްސްޕޯގައި ވެސް ކުރީގެ އެކްސްޕޯތަކެކޭ އެއްފަދައިން ބޯހިޔާވަހިކަން ހޯދުމަށް ރާއްޖޭގައި ހުރި ހަރުދަނާ ފުރުސަތުތައް އާންމުނާ ހަމައަށް ގެނެސްދިނުމަށްޓަކައި އިންވެސްޓަރުންނާއި އެކު އިންޓަރެކްޓިވް ނެޓްވޯކިންގ ޕްލެޓްފޯމެއް ގާއިމްކުރެވިގެންދާނެއެވެ. އޭގެ ތެރޭގައި ޕްރޮޕަޓީ ޑެވެލޮޕަރުންނާއި، އިންޓީރިއާ ޑިޒައިނިން އަދި ފަރނިޗަރ ވިޔަފާރިތަކާއި، ބޯހިޔާވަހިކަމަށް ފައިނޭންސް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭ އިދާރާތައް ވެސް ހިމެނޭނެކަމަށް ބުނެފައިވެއެވެ.
މި އެކްސްޕޯގެ ތެރޭގައި ބޯހިޔާވަހިކަމާއި، ގެދޮރާއި ގުޅުން ހުރި އެންމެ ފަހުގެ މައުލޫމާތުތައް އާންމުންނަށް ލިބިގެންދާނެކަންވެސް އަރބަންކޯއިން އިން ވަނީ ފާހަގަކޮށްފައެވެ. އަރބަންކޯގެ ސްކޯޕް ބޮޑުކޮށް، އަރބަން ސިޓީ ޑެވެލޮޕްމަންޓަށް ފޯކަސް ކުރަމުން އަންނަ އިރު މި އެކްސްޕޯއަކީ އެކަމަށް އަލިމަގެއް ދައްކުވައިދޭ ފަދަ އެކްސްޕޯއެއްކަމަށް އަރބަންކޯއިން ބުނެފައިވެއެވެ. އެހެންކަމުން މި އެކްސްޕޯގެ ޓައިޓަލް ސްޕޮންސަރ އަށް ވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއްގެ ގޮތުގައި އަރބަންކޯއިން ދެކެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް