ރިޔާސީ އިންތިހާބު އިންސާފުވެރިވާނެކަމަކަށް ނުބެލެވެވޭ: ނާޒިމް

ކުރިއަށް އޮތް އިޔާސީ އިންތިހާބު އިންސާފުވެރިވާނެކަމަށް ނުބެލެވޭކަމުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓްކަންވެސް އިއުލާ...

15 Jun 2023 | 08:52

ކުރިއަށް އޮތް އިޔާސީ އިންތިހާބު އިންސާފުވެރިވާނެކަމަށް ނުބެލެވޭކަމުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓްކަންވެސް އިއުލާނުކުރައްވާފައިވާ ނާޒިމް މިހެން ވިދާޅުވީ އެ ޕާޓީގެ ހަރުގޭގައި އޮތް ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނާޒިމް ފާހަގަކުރެއްވީ ރިޔާސީ އިންތިހާބު ގާތްވެފައިވާއިރު ދައުލަތުގެ އެއް ބާރުކަމުގައިވާ ރައްޔިތުންގެ މަޖިލީހުގައި މަރުތަޅު އެޅުވިފައި އޮތް އޮތުމެވެ. އެއީ ސަރުކާރާއި އަދި މަޖިލީހުގެ ރިޔާސަތުން ބޭނުންވާގޮތް ނަމަވެސް އެއީ ރައްޔިތުން ބޭނުންވާނެގޮތް ނޫންކަމުގައި ނާޒިމް ފާހަގަކުރެއްވިއެވެ.

މަޖިލީހުގައި އެޅުވިފައިވާ މަރުތަޅު ނައްޓާލުމަށް ނެގޯޝިއޭޓް ކުރުމުގައި މެދުވެރިއެއްގެ ރޯލު އެ ޕާޓީއަށް ކުޅެވިދާނެކަން ނާޒިމް ފާހަގަކުރެއްވިއެވެ. އަދި އެ ފުރުސަތު ދިނުމަށްވެސް އެދިލެއްވިއެވެ. ނާޒިމް ވިދާޅުވީ އެކަމަށް ހައްލެއް ހޯދުމަށް އެއްވެސް ޝަރުތަކާ ނުލާ އިސްނެގުމަށް އެ ޕާޓީން ތައްޔާރަށް އޮތް ކަމަށެވެ.

ނާޒިމް މިހެން ވިދާޅުވެފައިވާއިރު ނިމިދިޔަ ހަފްތާގެ ތިން ދުވަހުގައިވެސް މަޖިލިސް ކުރިއަށް ގެންދެވިފައެއް ނުވެއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބުރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމާއެކު އެ ދެ ފަރާތުން މަޖިލީހުގެ ރިޔާސަތާ ހަވާލުވާން އުޒުރުވެރިވެފައިވާއިރު ދެ ދުވަހެއްގައި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ރިޔާސަތުގައި އިންނަވައިގެން މަޖިލިސް ކުރިއަށް ގެންދަން މަސައްކަތް ކުރެއްވިއެވެ. އެހެން ނަމަވެސް ދެ ދުވަހުވެސް ކުރިއަށް ގެންދެވިފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް