އެފްވައިއެފްސީ 2023: ގުރޫޕު ސްޓޭޖުގެ މެޗުތައް ނިމުނުއިރު، ލަނޑު ލިސްޓުގެ އެއްވަނާގައި ވަޖީހު އާއި ޝިއުބާން

ލާމު ފޮނަދޫގައި މިހާރު ކުރިޔަށް ދާ ” ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖް 2023″ ގެ ގުރޫޕު ސްޓޭޖުގެ މެޗުތައް ކުޅެ ނިމުނުއިރު، އެންމެ ގިނަ ލަނޑު ޖަހައިގެން ލަނޑު ލިސްޓުގެ އެންމެ ކުރީގައި އިސްމާއިލް ވަޖީހު އާއި...

15 Jun 2023 | 07:24

ލާމު ފޮނަދޫގައި މިހާރު ކުރިޔަށް ދާ ” ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖް 2023″ ގެ ގުރޫޕު ސްޓޭޖުގެ މެޗުތައް ކުޅެ ނިމުނުއިރު، އެންމެ ގިނަ ލަނޑު ޖަހައިގެން ލަނޑު ލިސްޓުގެ އެންމެ ކުރީގައި އިސްމާއިލް ވަޖީހު އާއި ހަސަން ޝިއުބާން ހިމެނިއްޖެ އެވެ.

އައުޓްރީފް އެސްސީގެ އިސްމާއީލް ވަޖީހު އަދި ރަސްހިންނެ ޑިޓްރޮއިޓްސްގެ ހަސަން ޝިއުބާން ލަނޑު ލިސްޓުގެ އެއްވަނާގައި ހިމެނުނީ، ގުރޫޕު ސްޓޭޖުގައި ކުޅުނު ތިން މެޗުން ޖުމުލަ 12 ލަނޑު ޖަހއިގެންނެވެ.

މި ދެ ކުޅުންތެރިންނާއި އެންމެ ގާތުން ދެން ވާދަކުރަމުން އަންނަނީ ގޯޅި އެސްސީގެ އަޙުމަދު ޙަލީމް އާއި ކަންމަތި އެސްސީގެ އަލީ ހާފިޒް އެވެ. މީގެން ކޮންމެ ކުޅުންތެރިއަކުވެސް ވަނީ ތިން މެޗުން 11 ލަނޑު ޖަހައިފައެވެ.

ދެން މި މުބާރާތުގެ ގުރޫޕު ސްޓޭޖުގައި އެންމެ ގިނަ ލަނޑު ޖަހާފައިވަނީ ގޯޅި އެސްސީގެ އަބުދުﷲ ޝާފިއު އެވެ. އޭނާ ވަނީ ހަތް ލަނޑު ޖަހައިފައެވެ.

އަދި މުބަރާތުގައި އިތުރު މެޗުތައް ކުޅެން ފުރުސަތު އޮތްއިރު، މީގެން ކޮންމެ ކުޅުންތެރިއަކަށް ވެސް މުބާރާތުގެ އެންމެ ގިނަ ލަނޑު ޖަހައިގެން މުބާރާތުގެ ޓޮޕް ސްކޯރާގެ މަޤާމު ހޯދުމުގެ ފުރުސަތު އެބައޮތެވެ.

މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ޕަސްކުއަލް މޯލްޑިވްސްއެވެ. އަދި ޕްލެޓިނަމް ސްޕޮންސަރުންގެ ގޮތުގައި، ޝަބުނަމީ ހޯލްޑިންގް، ސިބްކޯ މޯލްޑްިވްސް، ކޮކާ ކޯލާ މޯލްޑިވްސްގެ އިތުރުން ލާމު ފޮނަދޫ ކައުންސިލް އަދި ސޯސަން ފިހާރަ ހިމެނެއެވެ. އަދި މީގެ އިތުރުން ސިލްވަރ ސްޕޮންސަރުންގެ ގޮތުގައި ހިމެނެނީ ބެސްޓްބައި މޯލްޑްިވްސް އަދި ޔޫރޯ ސްޓޯރ އެމްވީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް