ރައީސް މިއަދު ސިންގަޕޫރަށް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ސިންގަޕޫރަށް ފުރާވަޑައިގަންނަވާނެކަމުގައި ރައީސް އޮފީހުން ބުނެފިއެވެ. މިކަން ހާމަކުރައްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވި...

15 Jun 2023 | 06:59

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ސިންގަޕޫރަށް ފުރާވަޑައިގަންނަވާނެކަމުގައި ރައީސް އޮފީހުން ބުނެފިއެވެ.

މިކަން ހާމަކުރައްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ރައީސްގެ މި ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެއްކަމަށާއި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގަންނަވާނީ ހޮނިހިރު ދުވަހު ކަމަށެވެ.

ރައީސް މިއަދު ސިންގަޕޫރަށް ފުރާވަޑައިގަންނަވާނެކަން ހާމަކޮށްފައިވާއިރު އެމަނިކުފާނު މިދިޔަ އަހަރުގެ ތެރޭގައި ސިންގަޕޫރުން ތައިރޮއިޑް އޮޕަރޭޝަނެއް ކުރެއްވިއެވެ. އަދި މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައިވެސް ސިންގަޕޫރަށް ވަޑައިގެންނެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް