އެފްވައިއެފްސީ 2023: މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތައް މިރޭ

ލާމު ފޮނަދޫގައި މިހާރު ކުރިޔަށް ދާ އެންމެ އަގު ބޮޑު ފުޓްސަލް މުބާރާތް ކަމުގައިވާ ” ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖް 2023″ ކުއާޓާ ފަައިނަލުގެ މެޗުތައް މިރޭ ކުޅޭނެއެވެ. ގުރޫޕު ސްޓޭޖުގެ މެޗުތައް ނިމި، ޓީމުތ...

15 Jun 2023 | 05:37

ލާމު ފޮނަދޫގައި މިހާރު ކުރިޔަށް ދާ އެންމެ އަގު ބޮޑު ފުޓްސަލް މުބާރާތް ކަމުގައިވާ ” ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖް 2023″ ކުއާޓާ ފަައިނަލުގެ މެޗުތައް މިރޭ ކުޅޭނެއެވެ.

ގުރޫޕު ސްޓޭޖުގެ މެޗުތައް ނިމި، ޓީމުތައް ކުއާޓާ ފައިނަލް މެޗައް ތައްޔާރުވެފައިވާއިރު، ކުއާޓާ ފައިނަލްގެ ހަތަރު މެޗުވެސް ކުޅެން ހަމަ ޖެހިފައިވަނީ މިރޭގައެވެ.

މި މުބަރާތުގެ ކުއާޓާގެ ޖާގަތައް ކަށަވަރުކުރި ޓީމުތައް:

  • ކަންމަތި އެފްސީ
  • ކަންމަތި އެސްސީ
  • އައުޓްރީފް އެސްސީ
  • ގޯޅިއަންސް
  • ރަސްހިންނެ ޑިޓްރޮއިޓްސް
  • ބީޖީ ސްޕޯޓްސް ކުލަބް
  • ގޯޅި އެސްސީ
  • ނެވަގިވަޕް

ޓީމުތައް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރި ގޮތައް ބަލާއިރު،

ގުރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާ އިން ޖާގަ ހޯދީ ރަސްހިންނެ ޑިޓްރޮއިޓްސްއެވެ. އަދި ދެވަނަ ޓީމުގެ ގޮތުގައި ކުއާޓާއަށް ދަތުރުކުރީ ގޯޅިއަންސްއެވެ.

ގުރޫޕު ބީ އަށް ބަލާއިރު، މި ގުރޫޕުން ކުއާޓާގެ ޖާގަތައް ކަށަވަރު ކުރީ އައުޓްރީފް އެސްސީއާއި ނެވަގިވަޕްއެވެ.

ގުރޫޕް ސީ އިން ކުއާޓާގެ ޖާގަތައް ކަށަވަރު ކުރީ ގޯޅި އެސްސީ އާއި ކަންމަތި އެސްސީއެވެ.

ގުރޫޕު ޑީ އިން ކުއާޓާގެ ޖާގަތައް ކަށަވަރު ކުރީ ކަންމަތި އެފްސީއާއި ބީޖީ ސްޕޯޓްސް ކުލަބެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުގެ މެޗުތަކުގެ ކުޅުން މިރޭ ކުރިޔަށް ގެންދާއިރު، ކުއާޓާގެ މެޗުތައް ކުޅެން ހަމަޖެހިފައިވާ ގޮތް:

މި ހުރިހާ މެޗެއްވެސް ޕަސްކުއަލް ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖް 2023 ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.

މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ޕަސްކުއަލް މޯލްޑިވްސްއެވެ. އަދި ޕްލެޓިނަމް ސްޕޮންސަރުންގެ ގޮތުގައި، ޝަބުނަމީ ހޯލްޑިންގް، ސިބްކޯ މޯލްޑްިވްސް، ކޮކާ ކޯލާ މޯލްޑިވްސްގެ އިތުރުން ލާމު ފޮނަދޫ ކައުންސިލް އަދި ސޯސަން ފިހާރަ ހިމެނެއެވެ. އަދި މީގެ އިތުރުން ސިލްވަރ ސްޕޮންސަރުންގެ ގޮތުގައި ހިމެނެނީ ބެސްޓްބައި މޯލްޑްިވްސް އަދި ޔޫރޯ ސްޓޯރ އެމްވީއެވެ.

މުބާރާތުގެ ލައިވް ޕާޓްނަރ އަކީ “ލޫޕްކާސްޓް އެމްވީ” އެވެ. އަދި މުބާރާތުގެ އޮފިޝިއަލް މީޑިއާ ޕާޓްނަރ އަކީ “ދުވަސް އޮންލައިން” އެވެ. މުބާރާތުގެ ފޮޓޯ ޕާޓްނަރ އަކީ އިމޭޖަސް އެމްވީއެވެ. ޑިޖިޓަލް ޕާޓްނަރ އަކީ ދިރާގެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް