ގާސިމް، އަލީ ވަހީދަށް މަރުހަބާ ދަންނަވައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، އެ ޕާޓީގެ ކުރީގެ ރައީސް އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް މަރުހަބާ ދަންނަވައިފިއެވެ. ގާސިމް އަލީ ވަހީދަށް މަރުހަބާ ދެންނެވީ އަލީ ވަހީދުގެ މައްޗަށް...

15 Jun 2023 | 04:49

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، އެ ޕާޓީގެ ކުރީގެ ރައީސް އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް މަރުހަބާ ދަންނަވައިފިއެވެ.

ގާސިމް އަލީ ވަހީދަށް މަރުހަބާ ދެންނެވީ އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލި، ޖިންސީ ކުށުގެ ދައުވާތައް ޕީޖީ އޮފީހުން އަނބުރާ ގެންދިއުމާއި ގުޅިގެންނެވެ.

ހަފްތާ ނޫހުގައި "އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ކުރިއަށް ނުގެންދަން ނިންމައިފި" މި ސުރުހީގެ ދަށުން އިއްޔެ ޝާއިޢުކޮށްފައިވާ ހަބަރުގެ ސްކްރީން ޝޮޓެއް ޓްވީޓްކުރައްވަމުން ގާސިމް ވިދާޅުވެފައިވަނީ އޮނަރަބަލް އަލީ ވަހީދަށް ފަށްފަށުން މަރުހަބާ ދަންނަވާކަމަށެވެ.

އަލީ ވަހީދުގެ މައްޗަށް އުފުލި ދައުވާތަކުގެ ތެރޭގައި، ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރުމާއި ޖިންސީ އަނިޔާ ދިނުމާއި ރޭޕްކުރަން އުޅުމާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމާއި ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގުމުގެ ދައުވާ އުފުލިއެވެ.

އެ ދައުވާތައް ކުރިއަށްދަނިކޮށް އަލީ ވަހީދު ވަނީ ރާއްޖެ ދޫކޮށް ބޭރަށް ގޮސްފައެވެ. ދިޔައީ އެކަމުގެ ހުއްދަ ލިބިގެންނެވެ. ދިޔަ ގޮތަށް ހުންނެވީ އިނގިރޭސި ވިލާތުގައެވެ. އަނބުރާ ރާއްޖެ އައިސްފައެއް ނުވެއެވެ.

ދައުވާތައް އަނބުރާ ޕީޖީ އޮފީހަށް ގެންގޮސްފައިވަނީ ދައުވާތައް ސާބިތުކުރަން ބޭނުންވާ ހެކި ލިބޭނެގޮތެއް ނެތްކަމަށް ބެލުމަށްފަހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް