ހައްޖު1444: މައްކާ އަދި މަދީނާގައިވެސް ދުވާލުގެ ހޫނުމިން 43 ޑިގްރީ ސެލްސިއަސް އަށް އަރާނެ

ހައްޖުގެ އަޅުކަމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ހައްޖާޖީން ސައޫދީއަރަބިއްޔާއަށް ދަތުރުކުރަމުން އަންނައިރު މައްކާ އަދި މަދީނާގައިވެސް ހޫނުމިން ދުވާލުގަޑީގައި 43 ޑިގްރީ ސެލްސިއަސްއަށް އަރާނެކަމުގައި ސަ...

15 Jun 2023 | 03:40

ހައްޖުގެ އަޅުކަމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ހައްޖާޖީން ސައޫދީއަރަބިއްޔާއަށް ދަތުރުކުރަމުން އަންނައިރު މައްކާ އަދި މަދީނާގައިވެސް ހޫނުމިން ދުވާލުގަޑީގައި 43 ޑިގްރީ ސެލްސިއަސްއަށް އަރާނެކަމުގައި ސައޫދީގެ ނޭޝަނަލް ސެންޓަރ ފޮރ މީޓިއޮރޮލޮޖީ (އެންސީއެމް) އިން ބުނެފިއެވެ.

އެގޮތުން އެންސީއެމްއިން ބުނެފައިވަނީ މައްކާއަށް ދުވާލުވަގުތު ހޫނުގަދަވާނެ ކަމަށާއި ރޭގަނޑު ހޫނުމިން ހުންނާނީ އާދައިގެމިންވަރެއްގައި ކަމަށެވެ. އެންމެ މަތިވާނެ ކަމަށް ލަފާކޮށްފައިވަނީ 43.6 ޑިގްރީ ސެލްސިއަސް އެވެ. އެންމެ ދަށްވާނެކަމަށް ލަފާކޮށްފައިވާ މިންގަނޑަކީ 29.6 ޑިގްރީ ސެލްސިއަސްއެވެ.

މަދީނާގެ ހޫނުމިން އެންމެ މަތިވާނެ ކަމަށް ލަފާކޮށްފައިވަނީ 43 ޑިގްރީ ސެލްސިއަސް އަށެވެ. މަދީނާގެ ހޫނުމިން އެންމެ ދަށްވާނެކަމަށް ލަފާކޮށްފައިވަނީ 29.3 ޑިގްރީ ސެލްސިއަސްއަށެވެ.

އެންސީއެމްއިން ބުނެފައިވާގޮތުގައި އާއްމުގޮތެއްގައި މައްކާ އަދި މަދީނާގައިވެސް ވައިޖެހޭނީ ގަޑިއަކު 12 ކިލޯމީޓަރުގެ ސްޕީޑްގައެވެ.

ހޫނުމިން 43 ޑިގްރީ ސެލްސިއަސްއަށް އަރާނެކަމަށް ބުނެފައިވާއިރު އެ މިންވަރަކީ ރާއްޖޭގައި އާންމުކޮށް ހުންނަ ހޫނުމިނަށްވުރެ މަތީ އަދަދެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް