ދިރާގު ހައި ސްޕީޑް އިންޓަނެޓް ފެހެންދުއަށް

ދިރާގު ހައިސްޕީޑް އިންޓަނެޓްގެ ހިދުމަތް ބ. ފެހެންދޫގައި ދޭން ފަށައިފި އެވެ. މި ހިދުމަތާ އެކު ފެހެންދޫގައި އިންޓަނެޓަށް ބޭނުންވާ ރައުޓަރާއި ފައިބަ ކޭބަލް ހިލޭ ގުޅައިދޭނެ ކަމަށް ދިރާގުން ބުންޏެވެ. އެ ކު...

15 Jun 2022 | 16:53

ދިރާގު ހައިސްޕީޑް އިންޓަނެޓްގެ ހިދުމަތް ބ. ފެހެންދޫގައި ދޭން ފަށައިފި އެވެ.

މި ހިދުމަތާ އެކު ފެހެންދޫގައި އިންޓަނެޓަށް ބޭނުންވާ ރައުޓަރާއި ފައިބަ ކޭބަލް ހިލޭ ގުޅައިދޭނެ ކަމަށް ދިރާގުން ބުންޏެވެ.

އެ ކުންފުނިން މައުލޫމަތު ދޭގޮތުގައި މިއީ ފެހެންދޫ ރައްޔިތުންނަށް އެންމެ ހަލުވި ސްޕީޑާއި އެންމެ ބޮޑެތި ޑޭޓާ އެލަވަންސްތައް ހިމެނޭ ތަފާތު ޕެކޭޖްތައް ހިޔާރުކުރުމަށް ލިބިގެންދާ ރަނުގެ ފުރުސަތަކަށް ވާނެ ކަމަށެވެ.

ދިރާގު ފައިބަ ބްރޯޑް ބޭންޑް ހިދުމަތް ރާއްޖޭގެ 87 ރަށެއް ހިމެނޭހެން، މީހުން ދިރިއުޅޭ ގޭބީސީތަކުގެ 85 ޕަސެންޓަށް މިހާރު ވެސް އަންނަނީ ދެމުންނެވެ.

އަދި ރާއްޖޭގައި މީހުން ދިރިއުޅޭ 85 ޕަސެންޓް ރަށަށް ދިރާގު ޓީވީގެ ހިދުމަތް ވަނީ ފޯރުކޮށްދީފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް