ބަނޑޮސް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފެށުމަށް ސައިޓް މޮބިލައިޒްކޮށްފި

ކ. ބަނޑޮސް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ (ހުޅަނގު-އިރުމަތީ ކޮޅު) ޢަމަލީ މަސައްކަތް ފެށުމަށްޓަކައި 13 ޖޫން 2022 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފި ކަމަށް އެ މަސައްކަތުގެ ކޮންޓްރެކް...

15 Jun 2022 | 11:12

ކ. ބަނޑޮސް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ (ހުޅަނގު-އިރުމަތީ ކޮޅު) ޢަމަލީ މަސައްކަތް ފެށުމަށްޓަކައި 13 ޖޫން 2022 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފި ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ބުނެފިއެވެ.

މި މަޝްރޫއަކީ އޯރކިޑް ހޯލްޑިންގގެ ފަރާތުން އެ އެމްޓީސީސީން މިއަދު ބުނީ ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢުއެއް ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 557 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ކުރެވިގެންދާނެއެވެ.

އެމްޓީސީސީއަކީ ޓޫރިޒަމް ދާއިރާއާއި ގުޅުންހުރި އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައްވެސް ހިންގާ ކުންފުންޏެކެވެ. މިގޮތުން، މިދިޔަ އަހަރު އެ ކުންފުނިން ނިންމާ ހަވާލުކޮށްފައިވާ "ސެންޓާރާ ނިއު ރިސޯޓްސް މޯލްޑިވްސް: ރެކްލެމޭޝަން އޮފް 3 ޑިފަރެންޓް އައިލެންޑްސް" އަކީ މިފަދަ ފާހަގަކޮށްލެވޭ އެއް މަޝްރޫޢުއެވެ. މި މަޝްރޫޢުގެ ދަށުން އެމްޓީސީސީން ވައްޓަރުފަޅު ފަރުގައި އޮންނަ 3 އަރޓިފިޝަލް ރަށެއްގެ ބިން ހިއްކާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ވަނީ ނިންމާފައެވެ.

މި މަޝްރޫޢަކީ އެމްޓީސީސީގެ 40 އަހަރުގެ ދިގު ތާރީޚުގައި ބައިނަލްއަޤްވާމީ ކްލައިންޓަކަށް ފުރިހަމަކޮށްދިން އަގުގެގޮތުން އެންމެ ބޮޑު މަޝްރޫޢެވެ.

ވޭތުވެދިޔަ 3 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް