ކޮންމެސް ބަޔަކު ރިޓަޔާވެ ޒުވާން ޖީލަށް ފުރުސަތު ހުޅުވާލަން ޖެހޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އިސްލާމިކް އޯގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަންގެ ރައީސް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް މިމޭރުމުން ވިދާޅުވެފައި މިވަނީ ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅާ ސަފީރުކަމުގެ މަޤާމަށް ޑީއާރުޕީގެ ކުރީގެ ލީޑަރު އަދި ކުރީގެ ހޯމް މިނިސްޓަރު އަހުމަދު ތަސްމީން އަލީ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ފޮނުއްވުމާއި ގުޅިގެންނެވެ.
\މިކަމަށް އިޝާރަތް ކުރައްވާ ޑރ. ޝަހީމް ކުރެއްވި ޓްވީޓެއްގައި ވަނީ ސިންގަޕޫރަށް ކަނޑައަޅުއްވާ ސަފީރު ކަމަށް ރުހުން ހޯއްދެވުމަށް ތަސްމީންގެ ނަން ފޮނުއްވި ކަމުގެ ހަަބަރުގެ ލިންކު ޝެއާ ކުރައްވާ ކޮންމެވެސް ބަޔަކު ރިޓަޔާވެ ޒުވާން ޖީލަށް ފުރުސަތު ހުޅުވާލަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅާ ސަފީރުކަމަށް ތަސްމީން ހަމަޖައްސަވަން މަޖިލީހަށް ރުހުން ހޯއްދެވުމަށް ފޮނުއްވި އިރު، 2019 ވަނަ އަހަރުން ފެށިގެން މެލޭޝިއާ ސަފީރުގެ މަޤާމުގައި ހުންނެވީ ތަސްމީންގެ އަނބިކަނބަލުން ވިސާމް އަލީއެވެ.
ނަމަވެސް އެ ކަމަނާ ވަނީ މިދިޔަ އޭޕްރިލް މަހު އެ މަޤާމުން އިސްތިއުފާދެއްވާފައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ހާރިޖީ ގުޅުންތަކާބެހޭ ކޮމިޓީއަށް ފޮނުވައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް