ނުވަ ގައުމަކުން 180 ވަރަކަށް ކުޅުންތެރިން ހިމެނޭހެން ރާއްޖޭގެ 35 ކުޅުންތެރިން ބައިވެރިވާ، ރާއްޖޭގައި ބާއްވާ ރާޒުވާ މުބާރާތެއް ކަމަށްވާ، "ވެސްޓަން އޭޝިއާ ޔޫތު ފެސްޓިވަލު"ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.
މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އއ. އުކުޅަހުގައި މިމަހުގެ 15 އިން 23 އަށެވެ.
މީގެ އިތުރުން މޯލްޑިވްސް ޗެސް އެސޯސިއޭޝަންގެ ރައީސް ހުސެއިން ޝިޔާން ވިދާޅުވީ ދިރާގާ އެއްކޮށް ކުޅިވަރު ކުރިއެރުވުމުގެ އެކި ޕްރޮޖެކްޓުތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށާއި މި ފެސްޓިވަލުގައި ދިރާގަށް އެއްބާރުލުން ދޭނެ ކަމަށެވެ.
މި މުބާރާތުގައި ރާއްޖޭގެ ހިމެނޭހެން ސްރީ ލަންކާ އާއި ނޭޕާލް އަދި ބަންގްލަދޭޝް އާއި އިންޑިއާގެ އިތުރުން ޕާކިސްތާން، އުޒްބެކިސްތާނު، ކިރްގިސްތާނު އަދި ކަޒަކްސްތާނުގެ ކުޅުންތެރިން ވެސް ބައިވެރިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް