ހުޅުމާލޭ ފޭސް ދޭއްގައި މިރޭ ހަވާ އަރުވާނެ ކަމަށް އެމްއެންޑިއެފުން ބުނެފި އެވެ.
އެމްއެންޑީއެފުން ބުނީ މިރޭ ހަވާއަރުވަނީ އެމްޓީސީސީގެ "ހުޅުމާލޭ ފޭސް 2، ލޭންޑް ޓްރާންސްޕޯޓް ސޮލިއުޝަން" ފެށުމުގެ މުނާސަބަތުގައި ކަމަށެވެ. އެކަމަށްޓަކައި މިރޭ ފޭސް ދޭއްގައި ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ހަމަޖެހިފައިވެ އެވެ.
ހަވާއަރުވަން ފަށާނީ މިރޭ8:30 ގައި އެވެ.
ހަވާއެރުވުމަކީ އެމްއެންޑީއެފްގެ ކުންފުނި ސިފްކޯއިން ވިޔަފާރި އުސޫލުން ކުރާ ކަމެކެވެ.
މިދިޔަ ޖެނުއަރީ މަހުވެސް ހުޅުމާލޭ ފޭސް ދޭއްގައި ސިފްކޯއިން ހަވާއަރުވާފައިވެ އެވެ. އެފަހަރު ހަވާ އެރުވީ ޗައިނާގެ އާ އަހަރު ފާހަގަ ކުރުމުގެ ގޮތުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް