ފޭސްބުކްގަ އެ ހިންގަނީކީ އަސްލު ޕޭޖެއް ނޫން: ޝިފާ

ފޭސްބުކްގައި މަރިޔަމް ޝިފާގެ ނަމުގައި ހިންގަމުން އެ ދަނީ އަސްލު ޕޭޖެއް ނޫން ކަމުގައި ޓިކްޓޮކް އަދި ފިލްމީ ތަރި މަރިޔަމް ޝިފާ ބުނެފިއެވެ. ޝިފާއާ ގުޅޭ ވީޑިއޯތަކެއް މި ފަހުން ސޯޝަލް މީޑިއާގައި ވައިރަލްވެ...

15 Jun 2022 | 10:14

ފޭސްބުކްގައި މަރިޔަމް ޝިފާގެ ނަމުގައި ހިންގަމުން އެ ދަނީ އަސްލު ޕޭޖެއް ނޫން ކަމުގައި ޓިކްޓޮކް އަދި ފިލްމީ ތަރި މަރިޔަމް ޝިފާ ބުނެފިއެވެ.

ޝިފާއާ ގުޅޭ ވީޑިއޯތަކެއް މި ފަހުން ސޯޝަލް މީޑިއާގައި ވައިރަލްވެގެން ގޮސްފައިވާއިރު ޝިފާގެ ނަމުގައި ހިންގަމުން އަންނަ ޕޭޖަކުން އަންނަނީ ޝިފާގެ ނަމުގައި ބަޔާންތައް ނެރެމުންނެވެ. އަދި އެ ބަޔާންތަކާ ހަވާލާދީ ބައެއް މީޑިއާތަކުންވެސް ހަބަރު ގެނެސްދީފައިވެއެވެ.

ނަމަވެސް އެ ޕޭޖަކީ ޝިފާ އާއި ގުޅުމެއް ހުރި ޕޭޖެއް ނޫންކަމުގެ މައުލޫމާތު ލިބިގެން، ޝިފާ ކުރެން އަހާލުމުން އޭނާ ބުނީ އެއީ އޭނާއާއި އެއްވެސް ގުޅުމެއް އޮތް ޕޭޖެއް ނޫން ކަމަށާއި އެއީ ފޭކު ޕޭޖެއް ކަމަށެވެ.

މި ފަހުން ޝިފާއާއި ގުޅޭ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ވައިރަލްވުމުން ގިނަ ބަޔަކު އަންނަނީ ޝިފާއަށް ފާޑުކިޔަމުންނެވެ. ނަމަވެސް ރަސްމީ ސިފައެއްގައި މިކަމާއި ގުޅޭގޮތުން ޝިފާ ކޮމެންޓެއް ކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް