މިދިޔަ މަހު ބޭއްވި މެޓްގާލާގައި އެމެރިކާގެ އިންފުލުއެންޒާ ކިމް ކާޑޭޝަން މީހުންގެ ސަމާލުކަން ހޯދީ އެމެރިކާގެ ކުރީގެ މަޝްހޫރު ފަންނާނު މެރިލިން މޮންރޯއީގެ ހެދުމެއް ލައިގެންނެވެ.
ކިމް ބުނީ އެ ހެދުން އޭނާ މެޓްގާލާގައި ލީ އެއްވެސް އުނި އިތުރެއް ނުގެނެސް އޭނާގެ ހަށިގަނޑު ހިއްކާލައިގެން އެ ހެދުމަށް ފިޓުކޮށްގެން ކަމަށެވެ. މި ހެދުން ލުމުގެ ފުުރުސަތު އޭނާއަށް ދިނީ މިހާރު އެ ހެދުން ބަހައްޓާފައި ހުންނަ ރިޕްލޭސްގެ ބިލީވް އިޓް އޯ ނޮޓް މިއުޒިއަމްގެ މެރިލިން މަންރޯގެ ކަލެކްޝަނުންނެވެ.
މެޓްގާލާގެ ފަހުން މިހާރު ކިމްއަށް ސަމާލުކަން ލިބެމުންދަނީ ހެދުން ހަލާކުކޮށްލި ކަމަށްބުނެ އެވެ.
މެރިލިން މަންރޯގެ ކަލެކްޝަނުން ބުނީ އެ ހެދުމުގެ ބައެއް ތަންތަނުން ފަތި ވީދައިގެން ގޮސްފައިވާ ކަމަށެވެ. އަދި އެ ހެދުމުގައި ހުރި ބައެއް މާފުތައް ވެސް ނެއްޓިފައި ކަމަށާއި ކިމް އެ ހެދުން ލުމަށް ފަހު އަނބުރާ ދިންއިރު ގެއްލުންވެފައި ހުރުމުން ހިތާމަ ކުރާ ކަމަށެވެ.
ކިމް މީގެ ކުރިން ބުނިގޮތުގައި އެ ހެދުން ލާފައި ވަނީ ހަމައެކަނި ފޮޓޯނެގުމަށެވެ. އެ ލައިގެން ތަނެއްގައި އިށީނުން އަދި ކެއުން ފަދަ ކަމެއް ނުކުރާނެ ކަމަށް އޭނާ ބުންޏެވެ.
1962 ވަނަ އަހަރު މެރަލިން އެ ހެދުންލީ އެމެރިކާގެ އޭރުގެ ރައީސް ޖޯން އެފް ކެނެޑީގެ އުފަން ދުވަހުގެ ތަހުނިޔާ ކިޔައި ލަވައެއް ކިޔުމަށެވެ. އެ އަހަރު އޭނާ މަރުވެފައިވަނީ މަސްތުވާތަކެތި ބޭނުންކޮށްގެން އޯވާ ޑޯޒު ވެގެންނެވެ.
އޭގެ ފަހުން މި ހެދުން ކިމް ފިޔަވާ އިތުރު މީހަކު ލާފައި ނުވާކަމަށްވެ އެވެ. 1،440 އެމެރިކާ ޑޮލަރު ހަރަދުކޮށްގެން މެރިލިން ފެހި މި ހެދުން އޭނާ މަރުވުމުން، ހެދުން ފެހި ފަރާތުން އެންމެ ފުރަތަމަ ވިއްކާލީ 1999 ވަނަ އަހަރު 1.26 މިލިއަން ޑޮލަރަށެވެ.
އޭގެ ފަހުން 2016 ވަނަ އަހަރު މި ހެދުން 4.6 މިލިއަން ޑޮލަރަށް ވިއްކާލި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް