އިންޑިއާއިން ރާއްޖެއަށް 520 ޓަނުގެ ހަކުރު ދޫކުރަން ނިންމައިފި

އިންޑިއާގައި ހަކުރު އުފައްދާ މިންވަރު ވަރަށް ބޮޑަށް ދަށްވެ، ހަކުރު އެކްސްޕޯޓު ކުރުން ކޮންޓްރޯލްކޮށްފައި ވަނިކޮށް ރާއްޖެއަށް 520 ޓަނުގެ ހަކުރު ދޫކުރުމަށް އެ ޤައުމުން ނިންމައިފިއެވެ. އިންޑިއާގެ ކޮންޒިއު...

15 Jun 2022 | 09:08

އިންޑިއާގައި ހަކުރު އުފައްދާ މިންވަރު ވަރަށް ބޮޑަށް ދަށްވެ، ހަކުރު އެކްސްޕޯޓު ކުރުން ކޮންޓްރޯލްކޮށްފައި ވަނިކޮށް ރާއްޖެއަށް 520 ޓަނުގެ ހަކުރު ދޫކުރުމަށް އެ ޤައުމުން ނިންމައިފިއެވެ.

އިންޑިއާގެ ކޮންޒިއުމާ އެފެއާޒް މިނިސްޓްރީން ނެރެނު ބަޔާނެއްގައި ބުނީ 90 ދުވަހުގެ ތެރޭގައި 520 ޓަނުގެ ހަކުރު އެސްޓީއޯއަށް ދޫކުރަން އިންޑިއާ ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

ރާއްޖެއަށް ހަކުރު ދޫކުރަން އިންޑިއާ އިން ނިންމާފައިވަނީ ދެ ޤައުމުގެ ދެމެދުގައި ޤާއިމްކޮށްފައިވާ ވިޔަފާރީގެ އެއްބަސްވުންތަކުގެ ދަށުންނެވެ.

ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތަކާއި  ބޭހުގެ ބާވަތްތައްވެސް އެންމެ ގިނައިން ގަނެގެން ރާއްޖެ އެތެރެ ކުރަނީ އިންޑިއާއިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް