ހެނބަދޫ ފެނުގެ ނިޒާމު ޤާއިމު ކުރުމުގެ މަސައްކަތުގެ 51 ޕަސަންޓު ނިމިއްޖެ

ނ. ހެނބަދޫ ފެނުގެ ނިޒާމު ޤާއިމު ކުރުމުގެ 51 ޕަސަންޓު މަސައްކަތް ނިމިފައިވާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޑަބްލިޔުއެސްސީން ބުނެފިއެވެ. އެމްޑަބްލިޔުއެސްސީން މިއަދު ބުނީ ހެނބަދޫ ފެނުގެ ނިޒާމު...

15 Jun 2022 | 07:14

ނ. ހެނބަދޫ ފެނުގެ ނިޒާމު ޤާއިމު ކުރުމުގެ 51 ޕަސަންޓު މަސައްކަތް ނިމިފައިވާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޑަބްލިޔުއެސްސީން ބުނެފިއެވެ.

އެމްޑަބްލިޔުއެސްސީން މިއަދު ބުނީ ހެނބަދޫ ފެނުގެ ނިޒާމު ޤާއިމު ކުރުމުގެ މަޝްރޫޢުގެ ދަށުން 4.83 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކްގެ ހޮޅި ވަޅުލުމުގެ މަސައްކަތް ވަނީ ނިމިފައި ކަމަށެވެ.

އަދި ބޯހޯލް ތޮރުފުމުގެ މަސައްކަތްތަކާއި ފެން ޕްލާންޓް ބެހެެއްޓުމަށް އިމާރަތްކުރާ ފެސިލިޓީ ބިލްޑިންގް މަސައްކަތްތަކާއި އަދި ފެން ރައްކާކުރާ ތާނގީގެ ފައުންޑޭޝަންމަސައްކަތްތައް ވަނީ ނިމިފައި ކަމަށެވެ.

މީގެ އިތުރުން އެ ކުންފުނިން ބުނީ ހެނބަދޫގެ ގޭގޭގައި، ފެން މީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީީ، ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދޭނެ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން ފެން އުފެއެްދުމަށްޓަކައި 2 އާރ.އޯ. ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި ތިން ތާނގީ ބެހެއްޓުމުގެ މަސައްކަތް ހިމެނެއެވެ. އަދި ފެނުގެ ނިޒާމު ހިންގާ ބެލެހެެއްޓުމަށް ބޭނުންވާ ޖަނަރޭޓަރ ސެޓާއި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދޭނެއެވެ.

މިއީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ 41.3 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް