ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ ވާހަކަ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ދޮގު ކުރައްވައިފި އެވެ.
ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ޝަމީމަށް ތުހުމަތު ކުރަނީ އިތުބާރު ހިފޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތެވެ. މިމައްސަލަ އިއްޔެ ފުލުހުންނަށްވެސް ހުށަހަޅާފައިވާ ކަމަށްވެ އެވެ.
މި މައްސަލައިގަ ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މައްސަލަ ހުށަހަޅާފައިވޭތޯ ބެލުމަށް ފަހު މީޑިއާއަށް މައުލޫމާތު ހާމަ ކުރާނެ ކަމަށެވެ. އެކަމަކު ފަހުން އެކަމާއި ގުޅޭގޮތުން ފުލުހުން އެއްޗެއް ނުބުނެ އެވެ.
މި ތުހުމަތު ތަކާއި ގުޅިގެން މީޑިއާގައި ޕީޖީ ޝަމީމް ވިދާޅުވީ އެ ތުހުމަތަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އެކަމަކު އިތުރު އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.
ޕީޖީއާ ދެކޮޅަށް މިފަދަ ތުހުމަތެއް ކުރަމުންދާއިރު އޭނާ މަގާމުން ދުރު ކުރުމުގެ މަސައްކަތް އެމްޑީޕީގެ ޕީޖީ ގްރޫޕުން ވަނީ ފަށާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް