މާލޭ މީހުންނަށް ގޯތި ދޫކުރަން މި މަހު 26 ގައި ހުޅުވާލަނީ

މާލޭ ރައްޔިތުންނަށް ގޯތު ދޫކުރަން މިމަހު26 ގައި ހުޅުވާލާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ...

15 Jun 2022 | 05:31

މާލޭ ރައްޔިތުންނަށް ގޯތު ދޫކުރަން މިމަހު26 ގައި ހުޅުވާލާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މާލޭ ރައްޔިތުންނަށް ގޯތި ދޫކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެކެވެ.

މިއަދުގެ ޖަލްސާގައި މިނިސްޓަރު ވިދާޅުވީ އުންމީދު ކުރައްވަނީ މިމަހު 26 ގައި ގޯތި ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތަށް އެދުމަށް ހުޅުވާލެވޭނެ ކަމަށެވެ. އަދި އިތުރު ދެ މަޝްރޫއެއް މާލޭ މީހުންނަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

އެއީ ވިނަރެސް މަޝްރޫއުގެ ދަށުން ދޫކުރާ 1،344 ހައުސިން ޔުނިޓާއި 4،000 ހައުސިން ޔުނިޓްގެ މަސައްކަތް ވެސް ބާރަށް ކުރިޔަށްދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިމަހު ހުޅުވާލާނީ ހުޅުމާލެއިން ދޫކުރާ 3،000 ގޯއްޗަށް އެދުމުގެ ފުރުސަތެވެ. މާލެ ސަރަހައްދުން ދޫކުރަން ސަރުކާރުން ނިންމާފައި ވަނީ 5،000 ގޯއްޗެވެ.

ސަރުކާރުން ނިންމާފައި ވަނީ މާލޭގެ މީހުންނަށް ހުޅުމާލެ ދެވަނަ ފިޔަވަހިން 1،000 ގޯއްޗާއި ގުޅިފަޅުން 2،000 ގޯތީ އަދި ގިރާވަރު ފަޅުން ހިއްކާ ބިމުން މަދުވެގެން 2،000 ގޯތި ދިނުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް