ނުވަ ގައުމަކުން 180 ވަރަކަށް ކުޅުންތެރިން ހިމެނޭހެން ރާއްޖޭގެ 35 ކުޅުންތެރިން ބައިވެރިވާ، ވެސްޓާން އޭޝިއަން ޖޫނިއާ ޗެސް ޗެމްޕިއަންޝިޕް މިއަދު އއ. އުކުޅަހުގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.
މި މުބާރާތާ ގުޅިގެން މައުލޫމާތު ދިނުމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔޫތު މިނިސްޓްރީން ބުނީ އެ މުބާރާތް އުކުޅަހުގައި ކުރިއަށްދާނީ މިއަދުން ފެށިގެން މިމަހު 23 ވަނަ ދުވަހާ ހަމައަށް ކަމަށެވެ
ޔޫތު މިނިސްޓްރީން ބުނީ އުކުޅަހު ކޮންވެންޝަން ސެންޓަރުގައި ބައިނަލްއަގުވާމީ ޗެސް މުބާރާތެއް ބޭއްވުމަކީ އަތޮޅު ތެރެއަށް ބައިނަލްއަގުވާމީ މުބާރާތްތައް ގެންދިއުމަށް ކުރެވޭ މަސައްކަތުގެ ބައެއް ކަމަށެވެ.
މި މުބާރާތުގައި މެޗުތައް ކުރިއަށްދާނީ ބައިނަލްއަގްވާމީ މުބާރާތްތައް ކުޅޭ ތިން ފޯމެޓް ކަމަށްވާ، ރެޕިޑް، ކްލަސިކް އަދި ބްލިޓްޒް ބީޗް ޗެސް ފޯމެޓަށް ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
މީގެ އިތުރުން ޔޫތު މިނިސްޓްރީން ބުނީ ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ ފުރަތަމަ ޖޫނިއާ ޗެސް މުބާރާތް، 18 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަވާ އިރު، މި މުބާރާތުގައި ހަ ކެޓަގަރީއެއް ކުރިއަށްދާނެ ކަމަށެވެ.
އެގޮތުން އެއީ 18 އަހަރުން ދަށް، 16 އަހަރުން ދަށް، 14 އަހަރުން ދަށް، 12 އަހަރުން ދަށް، 10 އަހަރުން ދަށުގެ އުމުރުފުރާގެ އިތުރުން 8 އަހަރުން ދަށުގެ އުމުރުފުރާ އެވެ.
މީގެ އިތުރުން ޔޫތު މިނިސްޓްރީން ބުނީ ކޮންމެ އުމުރުފުރާއެއްގައި ވާދަކުރާނީ ކޮންމެ ޤައުމަކުން އަންހެން އަދި ފިރިހެން އެންމެ ކުޅުންތެރިއެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް