ޖަންމޫ ކަޝްމީރުގައި މީހުން ކާ ލެޕާޑެއް ހިފަން އަންގައިފި، މިދިޔަ ހަފްތާގައި ތިން ކުދިން މަރާލި

އިންޑިއާގެ ބައެއްގެ ގޮތުގައި އޮންނަ ޖަންމޫ ކަޝްމީރުގެ ޖަންގައްޔެއްގައި އުޅޭ ލެޕާޑެއް ހިފުމަށް އެ އެ ސަރަހައްދުގެ ވައިލްޑް ލައިފް ޑިޕާޓްމެންޓުން އަންގައިފި އެވެ. އިންޑިއާގައި ހިމާޔަތްދީފައިވާ ޖަނަވާރުނ...

15 Jun 2022 | 04:34

އިންޑިއާގެ ބައެއްގެ ގޮތުގައި އޮންނަ ޖަންމޫ ކަޝްމީރުގެ ޖަންގައްޔެއްގައި އުޅޭ ލެޕާޑެއް ހިފުމަށް އެ އެ ސަރަހައްދުގެ ވައިލްޑް ލައިފް ޑިޕާޓްމެންޓުން އަންގައިފި އެވެ.

އިންޑިއާގައި ހިމާޔަތްދީފައިވާ ޖަނަވާރުންގެ ތެރޭގައި ލެޕާޑް ހިމެނުނު ނަމަވެސް އެ ޖަނަވާރު ހިފަން އަމުރު ނެރެެން ޖެހުނީ ހަފްތާއެއްގެ ތެރޭގައި ތިން ކުއްޖަކު މަރާލުމުންނެވެ. ތިން ކުދިން މަރާލާފައިވަނީ މާދުރު ނޫން ހިސާބުތަކުގައި އޮންނަ ކުދި އަވަށްތަކުން ކަމަށްވެ އެވެ.

ލެޕާޑް ހަމަލާދީ މަރާލާފައިވަނީ އުމުރުން 15 އަހަރާއި 13 އަހަރު އަދި 12 އަހަރުގެ ކުދިންނެވެ. އެއީ ލެޕާޑެެއް ކުރާ ކަމެއް ކަން ފަޅާއެރީ 12 އަހަރުގެ ކުއްޖާ މަރުވި ދުވަހު ކުއްޖާ ހަޅޭއްލަވަމުން ޖަންގަލިތެރެއަށް ދުވަމުން ދިޔަތަން ބަޔަކަށް ފެނިފައިވާތީ އެވެ.

އަދި އެ ކުއްޖާ ފަހާ ލެޕާޑެއް ދިޔަތަން ފެނުމުން ފަހަތުން އާންމުން ދިޔަކަމަށާއި ވަރަށް ދުރުގައި އެ ކުއްޖާ މަރާލާފައިއ އޮއްވަ ފެނުނު އިރު ހަށިގަނޑުގެ އެއްބައި އޮތުމުންނެވެ.

ޖަންމޫ ކަޝްމީރުގެ ވައިލްޑްލައިފް ޑީމާޓްމެންޓުން އެ ލެޕާޑް ހޯދައި ހިފުމަށް އެންގީ މަޖުބޫރީ ހާލަތުގައި އެވެ. ކުދިންގެ މަރުތަކާއި ގުޅިގެން އާންމުން ވަނީ އެޑިޕާޓްމެންޓާއި ދެކޮޅަށް މުޒާހަރާކޮށް އެ ޖަނަވާރުތައް ހިފާ މެރުމަށް ގޮވާލާފަ އެވެ.

އެހެންވެ އެ ލެޕާޑް ހިފިއްޖެ ނަމަ މަރާލާނެ ކަމަށްވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް