މިއަރު ރާއްޖެއިން 224 މީހުން ކޮވިޑަށް ފައްސިވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މިއަދު އަތޮޅު ތެރެއިން 105މީހުންނަށް ކޯވިޑް ޖެހިފައިވާ ކަމަށެވެ. މާލެއިން ޕޮސިޓިވްވެފައިވަނީ 111 މީހުންނެވެ. ދެން ޕޮސިޓިވްވެފައިވަނީ ރިސޯޓުތަކުން އަށް މީހުންނެވެ.
މިއަދު ކޯވިޑަށް ޓެސްޓުކޮށްފައިވަނީ 4،644 ސާމްޕަލެވެ.
މިވަގުތު ކޯވިޑަށް ފަރުވާ ދެމުން ދަނީ 8،155 މީހުުންނަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ތިބީ 79 މީހުންނެވެ.
ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު މިއަދު ވަނީ 62،533 އަށް އަރާފައި އެވެ.
މި ބަލީގައި މި ފަހުން ރާއްޖެއިން މީހުން ނިޔާވ މީހުންގެ އަދަދު ގިނަވެފައިވާ ނަމަވެސް، މިދިޔަ24 ގަޑިއިރު އެއްވެސް މީހެއް ނުޔާވެފައެއް ނުވެއެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑްގައި މަރުވި މީހުންގެ އަދަދަކީ 198 އެވެ.
މިއަދުގެ ނިޔަލަށް ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 70،897 އަށް އަރާފައި އެވެ.
https://twitter.com/HPA_MV/status/1404846314613985285
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް