ކުޑަކުދިންނާއި ކޮވިޑް-19 އާ ގުޅިގެން ޑރ. އަބްދުﷲ ނިޔާފްއާ ސުވާލު ކުރުމުގެ ފުރުސަތު އާއްމުންނަށް ހުޅުވާލައިފިއެވެ.
ކޮވިޑް-19އާ ގުޅޭގޮތުން އާންމުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ކުރިޔަށް ގެންދާ "ހާލުބެލުން" ސިލްސިލާގެ ދެވަނަ ޕްރޮގްރާމް އޮންނާނީ މި މަހުގެ 17 ވަނަ ދުވަހުގެ ރޭ 22:00 ގައެވެ.
މި ޕްރޮގްރާމްގައި 'ކޮވިޑް-19 އާއި ކުޑަކުދިން' މި މައުޟޫއަށް އާއްމުންގެ ހިތުގައި އުފެދޭ ސުވާލުތަކަށް ޖަވާބު ދިނުމަށް ޑރ ނިޔާފް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
https://twitter.com/HPA_MV/status/1404818004781662208
ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ އާއި އެޗްއީއޯސީ އާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ގެނެސްދޭ މި ޕްރޮގްރާމްގައި ސުވާލު ކުރަން ބޭނުންވާ ފަރާތްތަކުން، ސުވާލުކުރުމަށް ގުޅާނީ 3316868 ނަމްބަރަށެވެ.
މިޕްރޮގްރާމަށް ޓުވިޓަރ އާއި ފޭސްބުކް މެދުވެރިކޮށްވެސް ސުވާލު ފޮނުވޭނެއެވެ. ސުވާލު ފޮނުވަން ބޭނުންވާ ފަރާތްތަކުން 'ހާލުބެލުން' ހޭޝްޓެގް ބޭނުންކުރުމަށް އެޗްޕީއޭއިން އެދެއެވެ.
ކޮވިޑްގެ ހާލަތުގައި އާއްމުންނަށް މައުލޫމާތު ދީ، އާއްމުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށްޓަކައި މީގެ ކުރިންވެސް އެކި ޕްރޮގްރާމްތައް ގެނެސްދީފައި ވެއެވެ. އަދި ޓުވިޓަރ ފަދަ މީސްމީޑިޔާގެ މަންސަ ތަކުގައި މީހުނަށް ޞައްޙަ މައުލޫމާތު ދިނުމަށް ބައެއް ޑޮކްޓަރުން ހަރަކާތްތެރި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް