މާލޭ ވިޔަފާރި ބަނދަރުގައި ނުގެންގޮސް ގިނަ ދުވަހު ބެހެއްޓިފައިވާ މުދާ ނީލަން ކިޔަން އެމްޕީއެލް އިން ނިންމައިފިއެވެ.
ނީލަން ކިޔާ މުދާ ބެލުމާއި ނަންނޯޓް ކުރުން، މި މަހުގެ22 ވާ އަންގާރަ ދުވަހުގެ14:00 ގައި ކަމަށް އެމްޕީއެލް އިން ބުނެއެވެ. އެހެންކަމުން، ނީލަން މުދާބެލުމަށް އެދޭ ، 22 ޖޫން ގެ 10:00 ގެ ކުރިން ފުރިހަމަކުރައްވަން ވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
މުދާބަލަން ދާއިރު ޕޯޓް ގެ ޤަވާއިދާއެއްގޮތަށް ބޫޓް، ވެސްޓް އަދި ހެލްމެޓް ހިފައިގެން ދިއުމަށް އެމްޕީއެލް އިން ވަނީ ހަނދާންކޮށްދީފައެވެ.
މި ނީލަމުގައި ބައިވެރިވެވޭނީ ޖޫން 23ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، ނީލަމުގައި ބައިވެރިވުމަށް އެދި ނީލަމުގައި ރަޖިސްޓްރީ ކުރާ ފޯމު ފުރިހަމަކޮށް އެޑްވާންސް ޕޭމަންޓް ދައްކާ ފަރާތްތަކަށެވެ.
އެމްޕީއެލްއިން މައުލޫމާތު ދޭ ގޮތުގައި، ނީލަން ކިޔުން އޮންނާނީ އެމްޕީއެލް ގެ ހެޑް އޮފީސްގެ ބަނދަރު މާލަމުގައި ޖޫން 24 ވާ ބުރާސްފަތި ދުވަހު ގެ 14:00 ން ފެށިގެންނެވެ.
ނީލަމާއިބެހޭ އިތުރު މަޢުލޫމާތު، އެމްޕީއެލްގެ ކާގޯ ކްލިއަރެންސް ޑިޕާރޓްމެންޓް އަދި ވެބްސައިޓް(www.port.mv) އިން ލިބޭނެކަމަށް އެ ކުންފުނިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް