އައްޒަ ބުނަނީ މިއީ ބަދަލެއް ގެންނަ ޖެހޭ ވަގުތު ކަމަށް!

ބަދަލެއް ގެންނަންވީ ވަގުތު ކަމަށް ބުނެ މަޝްހޫރު ފިލްމީ ތަރި މަރިޔަމް އައްޒަގެ އިސްތަށިގަނޑަށް ބަދަލު ގެނެސްފި އެވެ. އައްޒަ މިވަނީ އޭނާގެ އިސްތަށިގަނޑުގައި ކުލަ ޖައްސައި، އިސްތަށިގަނޑުގެ އެއްބައިގެ ކުލ...

15 Jun 2021 | 13:06

ބަދަލެއް ގެންނަންވީ ވަގުތު ކަމަށް ބުނެ މަޝްހޫރު ފިލްމީ ތަރި މަރިޔަމް އައްޒަގެ އިސްތަށިގަނޑަށް ބަދަލު ގެނެސްފި އެވެ.

އައްޒަ މިވަނީ އޭނާގެ އިސްތަށިގަނޑުގައި ކުލަ ޖައްސައި، އިސްތަށިގަނޑުގެ އެއްބައިގެ ކުލަ ބަދަލުކޮށަލާފައެވެ. އައްޒައަކީ އާއްމުގޮތެއްގައި އިސްތަށިގަނޑަށް އެހާ ބޮޑެތި ބަދަލު ގެންނަ ފަންނާނެއް ނޫނެވެ. އެކަމުގެ ސަބަބުން ބެލުންތެރިންގެ ފާޑުކިޔުން ވެސް އައްޒައަށް އަމާޒުވެފައި ވެއެވެ.

އައްޒަ ގެނައި އެންމެ ބޮޑު ބަދަލަކީ، މީގެ އަހަރުތަކެއް ކުރިން އޭނާގެ ބުޅި އިސްތަށިގަނޑު ފަން ކުރުމެވެ. ނަމަވެސް އޭގެ ފަހުން އިސްތަށިގަނޑު ބާއްވަނީ އެއްގޮތަކަށެވެ. އެކި ހެއާސްޓައިލް ހެދި ނަމަވެސް، އެހެން ބައެއް ތަރިން ފަދައިން އިސްތަށިގަނޑު ކުރުކޮށް ނުވަތަ އިރުއިރުކޮޅުން ބުޅިކޮށް ފަންކޮށް ނަހަދައެވެ.

ކޮވިޑްގެ މި ހާލަތުގައި މާ ބޮޑު ފިލްމީ މަސައްކަތެއް ވެސް ކުރިއަށް ނުދާ ދަނޑިވަޅެއްގައި، އައްޒަގެ ޕްރޮގްރާމް އަކަށް މިހާރު ކުރިއަށް ދަނީ ދިރާގު ޓީވީއިން ގެނެސްދޭ 'އަޒޯނާ' ޕްރޮގްރާމެވެ. އައްޒަ ހުށަހަޅައިދޭ މި ޕްރޮގްރާމްގައި ފިލްމީ ދާއިރާގެ އެކި ފަންނާނުންގެ އިންޓަވިއު ގެނެސްދެއެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ދެވަނަ ޒަވާޖީ ޙަޔާތެއް ފެށި ބަތަލާ އައްޒަ އަކީ އޭނާގެ ފޭނުންނަށް ވަރަށޤ ގާތް ގުޅުމެއް ބާއްވާ ފަންނާނެކެވެ. އެގޮތުން އަބަދުވެސް އައްޒަ ކުރާ ކަންތައްތަކާއި ކުރިއަށް ގެންދާ ޕްރޮގްރާމްތައް ނުވަތަ ފިލްމީ މަސައްކަތްތަކުގެ އެންމެ ފަހުގެ އަދާހަމަ އޭނާގެ މީސްމީޑިޔާގެ މަންސަ ތަކުގައި ގެނެސްދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް