ކާފިއު ގަޑިއަށް ބަދަލު ގެނެސްފި، އަދިވެސް ދުވާލު ބޭރަށް ނުކުމެވޭނީ ހުއްދަ ހޯދައިގެން

ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދުގައި އިއުލާނު ކޮށްފައިވާ ކާފިއު ގަޑިއަށް ބަދަލު ގެނެސްފި އެވެ. މިއަދުން ފެށިގެން ކާފިއު ހިންގާނީ ހަވީރު 4:00 ން ފަތިހު 4:00 އަށް ކަމަށެވެ. އަދި ހެނދުނު 8:0...

15 Jun 2021 | 12:17

ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދުގައި އިއުލާނު ކޮށްފައިވާ ކާފިއު ގަޑިއަށް ބަދަލު ގެނެސްފި އެވެ.

މިއަދުން ފެށިގެން ކާފިއު ހިންގާނީ ހަވީރު 4:00 ން ފަތިހު 4:00 އަށް ކަމަށެވެ. އަދި ހެނދުނު 8:00 ން ހަވީރު 4:00 އަށް އާންމު ތަންތަނަށް ނުކުމެވޭނީ ކުރިންވެސް އަމަލު ކުރަމުން އައިސް އުސޫލުން ހުއްދަ ހޯދައިގެން ކަމަށެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ވިދާޅުވީ ހުއްދަ އާއި ނުލައި ނުކުމެވޭނީ ހަމައެކަނި ފަތިހު 4:00 ހެނދުނު 8:00 އަށް ކަމަށެވެ. އޭނާ ވިދާޅުވީ ފިޔަވަޅުތަކަށް މާބޮޑު ލުޔެއް ނުދިނީ ކޯވިޑް ކޭސްތައް ވަރަށް ބޮޑަށް މައްޗަށް ދިއުމުން ޓެސްޓު ކުރުން ހުއްޓާލުމުން ހަގީގީ މަންޒަރު ސާފު ނުވާނެތީ ކަމަށެވެ.

އިތުރަށް ލުއި ދޭން ނިންމާފައިވާ ކަންކަމުގެ ތެރޭގައި މާދަމާ އިން ފެށިގެން، އެކަނި ކުރާ ކަސްރަތަށް ދިއުން ހިމެނެ އެވެ. އެފަދަ މީހުން އެ ކަސްރަތަށް ނުކުތުމަށް ހުއްދަ ގަޑިއަކީ ކޮންމެ ދުވަހެއްގެ ފަތިހު 4:00 ހެނދުނު 8:00 އަށެވެ.

އެޗްޕީއޭ އިން ކަނޑައަޅާ ގައިޑްލައިންތަކެއްގެ ދަށުން އެޕޮއިންޓްމަންޓް އުސޫލުން ހިދުމަތް ދިނުމަށް ސެލޫންތަައް ހުޅުވަން ހުއްދަ ދޭން އެޗްޕީއޭ އިން ވަނީ ނިންމައިފަ އެވެ.

އެޗްޕީއޭއިން ބުނީ މިދިޔަ ދެ ހަފްތާ އެކޭ އެއްގޮތަށް ސްކޫލުތައް އަދި ކެފޭ/ރެސްޓޯރަންޓުތައް ހުޅުވައިގެން ކެއުންބުއިމުގެ ހިދުމަތް ދިނުން އަދިވެސް މަނާވާނެ އެވެ. ހެނދުނު 8:00 ން ހަވީރު 4:00 އަށް ފިހާރަތަކާއި ކެފޭތަކަށް ގޮސް ވިޔަފާރިއާއި ޓޭކް އަވޭގެ ޚިދުމަތް ހޯދިޔަސް، ހަވީރު 4:00 އިން ފެށިގެން އެތަންތަނުން ހަމައެކަނި ފޯރުކޮށްދެވޭނީ ޑެލިވަރީގެ ޚިދުމަތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް