މޭ މަހުގެ އެކްސްޕޯޓަށް ކުރިއެރުމެއް

މިދިޔަ މަހު ރާއްޖެއިން އެކްސްޕޯޓް ކުރި މުދާ އިތުރުވެއްޖެ އެވެ. ކަސްޓަމްސްއިން އާންމުކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުން ފާއިތުވި މެއި މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު 202...

15 Jun 2021 | 11:58

މިދިޔަ މަހު ރާއްޖެއިން އެކްސްޕޯޓް ކުރި މުދާ އިތުރުވެއްޖެ އެވެ.

ކަސްޓަމްސްއިން އާންމުކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުން ފާއިތުވި މެއި މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު 2020 ވަނަ އަހަރުގެ މެއި މަހާ އަޅާބަލާއިރު 105 އިންސައްތަ އިތުރެވެ. 2020 ވަނަ އަހަރުގެ މެއި މަހު ދިވެހިރާއްޖެއަށް 1.6 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ މެއި މަހު މި ޢަދަދުވަނީ 3.2 ބިލިއަން ރުފިޔާ އަށް އިތުރުވެފައެވެ.

މިދިޔަ އަހަރުގެ މޭ މަހު، ދައުލަތަށް 117 މިލިއަން ދިވެހި ރުފިޔާ ލިބިފައި ވާއިރު، މި އަހަރުގެ މޭ މަހު ލިބިފައި ވަނީ 238 މިލިއަން ދިވެހި ރުފިޔާއެވެ. މިއީ 104 އިންސައްތައިގެ ކުރިއެރުމެއް ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ފާއިތުވި މަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އިންޑިއާ، އޮމާން އަދި ޔޫ.އޭ.އީ އެވެ. އިންޑިއާ އިން 449 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު އޮމާން އިން 431 މިލިއަން ރުފިޔާގެ މުދާ އަދި ޔޫ.އޭ.އީ  އިން 377 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް