ދިވެހިރާއްޖޭގެ "ޓޫރިޒަމް މާސްޓަރ ޕްލޭން - 5" ކުރިއަށް އޮތް 4 މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން މަޢުލޫމާތު ދީފިއެވެ.
މި މާސްޓަރ ޕްލޭންގައި ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި ފަތުރުވެރިކަމުން ހާސިލްކުރަން ބޭނުންވާ ލަނޑިދަނޑިތައް ހިމަނާނެއެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި މި މާސްޓަރ ޕްލޭން އެކުލަވާލުމަށް މިހާރު ވަނީ އޭޝިއަން ޑެވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ ފަރާތުން ބަޖެޓް ވެސް ހަމަޖެހިފައެވެ.
މާސްޓަރ ޕްލޭންއަށް ބޭނުންވާ ކޮންސަލްޓަންޓުން ހޮވުމަށް ޓާމްސް އޮފް ރެފަރަންސްއާއި އެނައުސްމަންޓް ހެދުމަށްފަހު މިނިސްޓްރީން މިހާރު ވަނީ އޭޑީބީއަށް ހިއްސާކޮށްފައެވެ.
މާސްޓަރ ޕްލޭން ހެދުމުގެ މަސައްކަތަށް ޖުމްލަ 10 ކޮންސަލްޓަންޓުން ނެގުމަށް ވަނީ ހަމަޖެހިފައެވެ. އެއީ 9 ކޮންސަލްޓަންޓުންނާއި 1 ލީޑް ކޮންސަލްޓަންޓެކެވެ. ލީޑް ކޮންސަލްޓަންޓުގެ ގޮތުގައި ނަގަނީ ބޭރުގެ ފަރާތެކެވެ. ނަމަވެސް ބާކީތިބި 9 ކޮންސަލްޓަންޓްގެ މަޤާމަށް ނަގަނީ ދިވެހިންނެވެ.
ކޮންސަލްޓަންޓުން ނަގާނީ އޭޑީބީންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް