ކުޑަކުދިންގެ ބަގީޗާއިން ދޫންޏެއް ވަގަށް ނެގި މިީހަކު ހޯދަނީ

އެމްއެންޑީއެފުން ބަލަހައްޓާ ކުޑަކުދިންގެ ބަގީޗާއިން ދޫންޏެއް ވަގަށް ނެގި މީހަކު ހޯދަން ފުލުހުން އިއުލާނު ކޮށްފި އެވެ. ފުލުހުން މިއަދު އާންމު ކުރި ސީސީޓީވީ ފުޓޭޖުން ފެންނަނީ ކުޑަކުދިންގެ ބަގީޗާގެ ދެކުނ...

15 Jun 2021 | 08:19

އެމްއެންޑީއެފުން ބަލަހައްޓާ ކުޑަކުދިންގެ ބަގީޗާއިން ދޫންޏެއް ވަގަށް ނެގި މީހަކު ހޯދަން ފުލުހުން އިއުލާނު ކޮށްފި އެވެ.

ފުލުހުން މިއަދު އާންމު ކުރި ސީސީޓީވީ ފުޓޭޖުން ފެންނަނީ ކުޑަކުދިންގެ ބަގީޗާގެ ދެކުނު ފަރާތުގައި ހުންނަ ދޫނި ކޮއްޓަށް ވަރަށް ވަގަށް ސިއްރުން ކަހަލަ ގޮތަކަށް ވަންނަ ތަނެވެ، އަދި ދޫނި ގެންދިޔަ ކަމަށް ބެލެވެނީ އޭނާގެ އަތުގައި އޮތް ފެހި ކުލައިގެ ކޮތަޅެއްގެ ތެރެއަށް ލައިގެންނެވެ.

އެމީހާ ލައިގެން ހުރީ ކަޅު ކުލައިގެ ޓީޝަޓަކާއި ސޯޓެކެވެ. ފުލުހުން ބުނީ އެ ވީޑިއޯއިން ފެންނަނީ އެތަނުން ދޫންޏެއް ވަގަށް ނެގި މައްސަލައިގަ ހޯދަން ބޭނުންވާ މީހާ ކަމަށެވެ.

އެ ދޫނި ވަގަށް ނަގާފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު ކަމަށްވެ އެވެ.

ފުލުހުން ބުނީ މި މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ ފުލުހުންގެ ޖެނަރަލް އިންވެސްޓިގޭޝަން ޑިޕާޓަމަންޓްގެ ނަންބަރު 9631696 އަށް ގުޅުމަށް އެދޭ ކަމަށެވެ. އަދި މި މައްސަލައިގެ އިންވެސްޓިގޭޝަން ނަންބަރު ކަމަށްވާ 486858 ވިދާޅުވެ، އެ މައުލޫމާތު ހިއްސާކުރަން ވަނީ އެދިފަ އެވެ.

https://twitter.com/PoliceMv/status/1404676974660919297

މީގެ އިތުރުން ފުލުހުން ވަނީ ވައްކަމުގެ އިތުރު މައްސަލައެއްގައި މީހަކު ފުލުހުންގެ އިދާރާއަށް ހާޒިރުވާން އިއުލާނުކޮށްފައި އެވެ. އެއީ އައްޑޫ ސިޓީ ހިތަދޫ ޒަބަރުޖުދުގެ، ޢަބްދުﷲ މިސްތަޙެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް