އިންޑިއާއަށް ކޯވިޑްގެ ދެވަނަ ރާޅު އެރުމާއި އެކު ލޮކްޑައުން ކުރުމަށް ފަހު އަލުން ހުޅުވާލުމުން ސިނަމާތަކުގައި ރިލީޒް ކުރާ ފުރަތަަމަ ފިލްމަށް "ބެލް ބޮޓޮމް" ވެއްޖެ އެވެ.
އަކްޝޭ ކުމާރު ލީޑްރޯލުން ފެނިގެންދާ މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ27 ވަނަ ދުވަހު އެވެ. މި ފިލްމުގައި އަކްޝޭގެ އިތުރުން ފެނިގެންދާ ތަރިންނަކީ ހުމާ ގުރައިޝީ، ވާނީ ކަޕޫރު، ލާރާ ދުއްތާ ހިމެނެ އެވެ.
ފިލްމަކީ ޖާސޫސް ކުރުމާއި ގުޅޭ ކަންތައްތަކެއް ފެނިގެންދާ ފިލްމެކެވެ.
މި ފިލްމަކީ މިދިޔަ އަހަރުގެ ކޯވިޑް ލޮކްޑައުނަށް ފަހު އިންޑިއާއިން ބޭރުގައި ޝޫޓް ކުރި ފުރަތަމަ ފިލްމުވެސްމެ އެވެ. ފިލްމުގެ މަސައްކަތްތައް ނިންމުމަށް ފަހު ރިލީޒް ނުކުރެވި ގިނަ ދުވަސް ވާތީ އޮންލައިންކޮށް ފިލްމު ރިލީޒް ކުރަން އުޅުން ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ.
އެކަމަކު ޕްރޮޑަކްޝަން ޓީމުން ވަނީ އެ ފިލްމު މިދިޔަ މަހު އޮންލައިންކޮށް ރިލީޒް ކުރަން އުޅުނު ވާހަކަ ދޮގުކޮށްފައި އެވެ.
ފިލްމުގެ ޑައިރެކްޓަރަކީ ރަންޖިތް އެމް ތިވަރީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް