ސެލޫން ހިންގާ ފަރާތްތަކަށް ކުރިމަތިވާ ދަތިތައް ރައީސްއާ ހަމައަށް

ކޯވިޑް-19 އާއި ގުޅިގެން ސެލޫން ހިންގާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތައް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުއާ ހިއްސާކުރައްވައިފިއެވެ. ސެލޫން ހިންގާ ފަރާތްތަކަށް ކުރިމަތިވާ ދަތިތައް، ރަ...

15 Jun 2021 | 07:39

ކޯވިޑް-19 އާއި ގުޅިގެން ސެލޫން ހިންގާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތައް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުއާ ހިއްސާކުރައްވައިފިއެވެ.

ސެލޫން ހިންގާ ފަރާތްތަކަށް ކުރިމަތިވާ ދަތިތައް، ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރެއްވީ، އޮންލައިންކޮށް ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގައެވެ.

ކޯވިޑް-19އާ ގުޅިގެން ކުދިން ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުން އަންނައިރު ސެލޫންތައް ހިންގާ ފަރާތްތަކާއެކު ރައީސް ޞާލިހު ބޭއްވި ބައްދަލުކުރެއްވުމުގައި މިމައްސަލަތައް ޙައްލުކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ސެލޫންތަކުގެ ވެރިންނާއެކު މަޝްވަރާކުރެއްވި ކަމަށް ވެއެވެ.

އޮންލައިންކޮށް ކުރިއަށްގެންދިޔަ މިބައްދަލުކުރެއްވުމުގައި ރައީސް ޞާލިޙު ވަނީ ސެންލޫން ހިންގާ ފަރާތްތަކުން ފާހަގަކުރި މައްސަލަތަކަށް އިސްކަމެއް ދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި ކޯވިޑް-19ން އަރައިގަތުމަށް އެކުލަވާލަމުންދާ "އީޒް ޕްލޭން"ގައި ވިޔަފާރިތަކުން ފާހަގަކުރި ކަންކަމަށް ރިޢާޔަތްކުރައްވާނެކަމުގެ ޔަގީންކަން ރައީސް ޞާލިޙު ވަނީ ދެއްވާފައެވެ.

ކޯވިޑްއިން ރައްކާތެރިވުމަށްޓަކާ އަޅާފައިވާ ޚާއްސަ ފިޔަވަޅުތަކާއެކު މާލެ ސަރަޙައްދުގެ ކެފޭ ރެސްޓޯރެންޓްތަކާއި ޖިމްތަކުގެ އިތުރުން ސެލޫންތައްވަނީ ބަންދުކޮށްފައެވެ. މިގޮތުން ކުރިމަތިވި ދަތިތަކުން އަރައިގަތުމަށް މިފަރާތްތަކަށް ސަރުކާރުންވަނީ މީގެ ކުރިންވެސް އެސްއެމްއީ ބޭންކު މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް