ގިނަ ބަޔަކު ޓެކްސީ ހޯދުމަށް ހުއްޓި ތިބޭ، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ކުރިމަތީގައި މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމް.ޑަބްލިޔު.އެސް.ސީ) އިން ޓެކްސީ ސްޓޭންޑެއް ހަދައިފި އެވެ.
އެމް.ޑަބްލިޔު.އެސް.ސީގެ އިޖުތިމާއީ ޒިންމާގެ ދަށުން ހެދި މި ސްޓޭންޑް ހުންނާނީ ކަނބާ އައިސާ ރަނި ހިގުމުގައި ހުންނަ އައިޖީއެމްއެޗްގެ މައި ގޭޓު ކުރިމައްޗަށް ވާ ގޮތަށެވެ.
މި މަސައްކަތަށް ޖުމުލަ 1.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، ޓެކްސީ ސްޓޭންޑް ގެ ހުރިހައި މަސައްކަތްތަކެއް ނިމި މިހާރު ވަނީ ބޭނުންކުރަން ފަށާފައެވެ.
އެމް.ޑަބްލިޔު.އެސް.ސީން ބުނީ އެކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން މިފަދަ ޓެކްސީ ސްޓޭންޑެއް ހެދުމުގެ މައިގަޑު މަގުސަދަކީ، އައިޖީއެމްއެޗްގެ މައި ގޭޓު ސަރަހައްދުން ޓެކްސީގެ ހިދުމަތް ހޯއްދަވަމުން ގެންދަވާ ފަރާތްތަކަށް ދިމާވަމުން ދިޔަ ދަތިތަކަށް ހައްލެއް ހޯދައިދިނުން ކަމަށެވެ.
އެމް.ޑަބްލިޔު.އެސް.ސީގެ އިޖުތިމާއީ ޒިންމާގެ ދަށުން މިފަދަ ޓެކްސީ ސްޓޭންޑެއް ހެދުމުގެ މައިގަޑު މަގްސަދަކީ، އައި.ޖީ.އެމް.އެޗް ގެ މެއިން އެންޓްރަންސް ސަރަަހައްދުން ޓެކްސީގެ ޚިދުމަތް ހޯއްދަވަމުން ގެންދަވާ ފަރާތްތަކަށް ދިމާވަމުން ދިޔަ ދަތިތަކަށް ހައްލެއް ހޯދައިދިނުން ކަމަށް އެ ކުންފުނިން ބުނެވެ. މިގޮތުން، ވިއްސާރަ ދުވަސްވަރު މި ސަރަަހައްދުގައި ޓެކްސީ ހޯދަން މަޑުކޮށްލައިގެން ތިބެވޭނެ ހިޔާވަހިކަމެއް ނެތުމުން ދިމާވާ ދަތިތަކާއި، ޓެކްސީ ނަންގަވަން ބޭނުންފުޅުވާ ފަރާތްތަކުން ހިޔަލުގައި މަޑުކޮށްލައި، ޚާއްސަކޮށް އުމުރުން ދުވަސްވީ ފަރާތްތަކަށް، އިޝީންދެލައިގެން ތިބެވޭނެ ތަނެއް ނެތުމުގެ މައްސަލައަށް، މި ޓެކްސީގެ ބޭނުން ހިއްޕަވާ ފަރާތްތަކަށް، ޚާއްސަ ގޮތެއްގައި ވިއްސާރަ ދުވަސްވަރު، މި ކަމުގެ ފަސޭހަކަން ލިބިގެން ދާނެ ކަމަށް ފެން ކުންފުނިން ބުނެއެވެ.
އެމް.ޑަބްލިއު.އެސް.ސީގެ އަމާޒަކީ، ކުންފުނިން ތަރައްޤީގެ ހަރުފަތްތައް ގިރާކުރަމުން ދާއިރު، ކުރިމަގު ގައިވެސް ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން، ދިވެހި މުޖްތަމަޢުގެ ކުރިއެރުމާއި ލާބައާއި މަންފާއަށް ތަފާތު އެކި އެކި ރޮނގު ރިނގުން އެހީތެރިވެ، މަސައްކައްތައް ކޮށްދިނުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް