މުސްލިމު ގިނަ ގައުމުތަކަށް މިއަދަކީ ފިތުރު ޢީދު ދުވަސް

ދިވެހި ރާއްޖެއާއި އެއްދުވަސް ފަހުން ރަމަޟާން މަސް ފެށި ނަމަވެސް ޝައްވާލު މަހުގެ ހަނދު ފެނުމުން މުސްލިމު ގިނަ ގައުމުތަކުގައި މިއަދަކީ ފިތުރު ޢީދުގެ ފުރަތަމަ ދުވަސްކަމުގައި ވެއްޖެ އެވެ. ހަނދު ފެނި، މިއަ...

15 Jun 2018 | 00:40

ދިވެހި ރާއްޖެއާއި އެއްދުވަސް ފަހުން ރަމަޟާން މަސް ފެށި ނަމަވެސް ޝައްވާލު މަހުގެ ހަނދު ފެނުމުން މުސްލިމު ގިނަ ގައުމުތަކުގައި މިއަދަކީ ފިތުރު ޢީދުގެ ފުރަތަމަ ދުވަސްކަމުގައި ވެއްޖެ އެވެ.

ހަނދު ފެނި، މިއަދަކީ ފިތުރު ޢީދުގެ ފުރަތަމަ ދުވަސްކަން އިއުލާނުކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި ސައުދީ އަރަބިއްޔާ، ޤަތަރު، އެކުވެރި އަރަބި އިމާރާތް، އިންޑޮނޭސިއާ،ތުރުކީ އަދި މެލޭސިއާ ހިމެނެ އެވެ.

މީގެ އިތުރުން ރާއްޖެ ހިމެނޭ ސަރަހައްދުގެ ގައުމުތަކަށް ބަލާލާއިރު އިންޑިއާ އަދި ބަންގްލަދޭޝްގައިވެސް މިއަދަކީ ފިތުރު ޢީދުގެ ފުރަތަމަ ދުވަހެވެ. ނަމަވެސް އަވަށްޓެރި ސްރީލަންކާ އާއި ޕާކިސްތާނަށް ސައްވާލުމަހުގެ ހަނދު ފެނިފައިނުވާތީ މިއަދަކީ އެ ދެ ޤައުމަށް ރަމަޟާން މަހުގެ ފަހު ދުވަހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް